ދިވެހިރާއްޖެ
މިރަށު މަސްޖިދުލް ޢަމަލުމިސްކިތް، މަސްޖިދުއްޞަލާޙް މިސްކިތް، ފިރިހެނުންގެ ކުޑަމިސްކިތް، އާޘާރީ މިސްކިތް، މި 04 މިސްކިތުގެ އިމާމް / މުދިމުން ޗުއްޓީ ނަންގަވާއިރު ނުވަތަ އެނޫންވެސް ޙާލަތެއް މެދުވެރިވާ ވަގުތުތަކުގައި ވޭޖު އެންޕްލޯއިމަންޓްގެ ދަށުން އިމާމް / މުދިމްކަން ކޮށްދެއްވާނެ މީހުން ބޭނުން ވެއްޖެއެވެ. އަދި މިކަމަށް މީގެކުރިން ކުރި އިއުލާން ނަމްބަރު: (IUL)257/257/2018/03 ( 30 ޖެނުއަރީ 2018 ) އިއުލާން ގެޒެޓް ކުރެވިފައި ނުވާތީ ، 10 އޭޕްރީލް 2018 ގައި ބާޠިލުކުރެވި ، އަލުން އިޢުލާންކުރީމެވެ.
މަޤާމު: އިމާމު / މުދިމް ( މަޤާމުގެ ނަމްބަރ: - )
ބޭނުންވާ ޢަދަދު: 04
މަސައްކަތް ކުރާތަން: ހއ. ބާރަށު މިސްކިތްތައް
އުޖޫރަ: އިމާމު ރޭންކް GS3 މަސައްކަތް ކުރާ ގަޑިއަކަށް 56/- ރުފިޔާ މުދިމު ( އިމާމުކަމުގެ ޝަރުތު ހަމަނުވާ ) ރޭންކް GS1 މަސައްކަތްކުރާ ގަޑިއަކަށް 48/- ރުފިޔާ
ސަރވިސް އެލަވަންސް: ނެތް * އިތުރު ގަޑިއާއި، ބަންދު ދުވަހުގެ ފައިސާ: ނެތް
އިމާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
މުދިމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1
އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:
1- މުދިމް ކަމުގެސަނަދު ލިބިފައިވުން ނުވަތަ
2- ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ
3- ކަތީބު ކަމުގެ ސަނަދު ލިބިފައިވުން ނުވަތަ
4- ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ޘާނަވީ ދެވަނަ އަހަރު ނިންމައި، ޤްރުއާން، ފިޤުޙު، ތަޖްވީދު، މި 3 މާއްދާއިން، ފާސްވެފައިވުން ނުވަތަ
5- ދިވެހި ސަރުކާރުގެ ޤަބޫލުކުރާ ދީނީ މަޢުހަދަކުން ޘާނަވީ ދެވަނަ އަހަރު ނިންމައި، ޤުރުއާން، ފިޤުޙު، ތަޖުވީދު، މި 3 މާއްދާއިން، ފާސްވެފައިވުން
މުދިމް ކަމުގެ މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހުން ނުލިބިއްޖެނަމަ މުދިމްކަމުގެ މަޤާމަށް މީހުން ހޮވާނީ މުދިމްކަމުގެ މަޤާމަށް ކުރިމަތިލާ
ފަރާތްތަކުގެ ތެރެއިން އިންޓަވިއު އިންނާއި އަދި ބަންގިއާއި ޤުރުއާނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.
ހުށަހަޅަންޖެހޭ ތަކެތި:
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
އައިޑީ ކާޑް ( ކިޔަން އެގޭސާފް ) ކޮޕީ
ލިބިލައްވާފައިވާ ތަޢުލީމީސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކޮށްފައިވާ އަދި އަޞްލާ އެއްގޮތްކަމުގެ ތައްގަޑު ޖައްސަވައި ވެރިޔެއްގެ ސޮއި ކުރައްވާފައިވާ ) ކޮޕީ
ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓް ގެ ކޮޕީ
ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާއެއްގައި އުޅުނުކަމުގެ ލިޔުން
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: ހއ. ބާރަށު ކައުންސިލްގެ އިދާރާ
އިމާމު ކަމުގެ ޝަރުތު ހަމަވާ މީހުން ނުލިބިއްޖެނަމަ މި އިޢުލާނާއި ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިޔު ކުރުމާއެކު ދެވޭ ޤުރުއާން ޓެސްޓަކުން ފާސްވެ އެންމެ މަތީ މާކުސް ލިބޭ އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް ވޭޖު އުސޫލުން މުދިމު ކަމުގެ ވަޒީފާ ލިސްޓުކުރެވިފައިވާ ތަރުތީބުން ހަމަޖެއްސޭނެއެވެ.
ތަކެތި ހުށަހެޅުމުގެ ސުންގަޑި: 18 އޭޕްރީލް 2018 ވާ ( ބުދަ ) ދުވަހުގެ 13.00 ގެ ކުރިން
24 ރަޖަބު 1439
10 އޭޕްރީލް 2018
ޢަލީ ޝަމީމް
ކައުންސިލްގެ ރައީސް