މަސައްކަތް
ނަންބަރު: (IUL)30-C/30/2018/59
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 23 އޭޕްރިލް 2018 11:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގއ. ގެމަނަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

މިނިސްޓްރީއިން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައިޑްރޮޕޯނިކްސް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  •  10 ޓްރަފް

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 އޭޕްރީލް 23 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

މަސައްކަތުގެ ތްފްސީލް:

ފައިބަރު ޓްރޭތައް ތައްޔާރު ކުރުމުގެ މައުލޫމާތު ޝީޓު

  • ބޭނުންވާ އަދަދު: 10
  • ޓްރަފްތައް ތައްޔާރު ކުރާނީ ފައިބަރ ގްލާސްއިންނެވެ. ޓްރަފްގެ ބޯމިނުގައި 3 އެމްއެމް ހުންނަންވާނެއެވެ. އަދި ޓްރަފްގެ އެހެނިހެން މިންތައް ހުންނަންވާނީ ތިރީގައި މިވާ ގޮތަށެވެ.
  •  ޓްރަފްގެ މައްޗަށްވާ ފަރާތް ނުވަތަ އެތެރެ ފަރާތް ހުންނަންވާނީ ހުދު ކުލައިން ޖެލްކޯޑު ޖަހާ އޮމާންކޮށްފައެވެ.
  • ޓްރޭގެ މަތީ ދާރަ ހުންނަންވާނީ، ވަށައިގެން ބޭރަށް މަޅާ ލެވިފައެވެ.
  • ފެންފައިބާ ކޮޅު: 1 އިންޗި ޖޮއިންޓެ ހަރުކުރުމަށް. މި ޖޮއިންޓު ހަރުކުރާނީ ފާހަގަ ކޮށްފައިވާ ފަޅީގެ މެދަށް ވާ ގޮތަށް އަދި ޓްރަފްގެ އެތެރެއިން ފުލާ އެއް ހަމައެއްގައި. މި ޖޮއިންޓު ހަރުކުރާނީ ޓްރަފްގެ އެއްކޮޅުގެ ބިތުން 1 އިންޗި ދޫ ކުރުމަށްފަހުގައެވެ. (ކުރެހުމުގައިވާ ގޮތަށް)
  • ފެން އެޅޭ ކޮޅު: ½ އިންޗި ޖޮއިންޓެއް ހަރުކުރުމަށް. މި ޖޮއިންޓު ހަރުކުރާނީ ވީހާވެސް ޓްރޭގެ މަތީ ކައިރިއަށް، މެދަށް ވާގޮތަށް. (ކުރެހުމުގައިވާ ގޮތަށް) ލައްވާ ޖޮއިންޓުގެ ½ އިންޗި ޓްރޭގެ އެތެރެއަށް ވާގޮތަށް ހުންނަންވާނެވެ.
  • ޓްރޭ ނިމޭއިރު ފުންމިނުގައި (އެތެރެއިން، ފުލުން މަތީ ކައިރިއާ ހަމައަށް) 6 އިންޗި ހުންނަން ވާނެ.
  • ޓްރޭގެ ފުޅާމިނުގައި (ބޭރުން ބޭރަށް) 30 އިންޗި ހުންނަންވާނެ.
  • ޓްރޭގެ ދިގުމިނުގައި (ބޭރުން ބޭރަށް) 156 އިންޗި ހުންނަން ވާނެ.

 

ތަކެތި ގެންދަންޖެހޭތަން: ގއ. ގެމަނަފުށީ ކައުންސިލް އިދާރާ

 

އަގު ހުށަހަޅަންޖެހޭ ގޮތް: ޔުނިޓަކަށް ޖެހޭއަގު އިނގޭގޮތަށް

 

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )
  • މުއްދަތަށް  20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20 )
  • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

15 އޭޕްރިލް 2018