ދިވެހިރާއްޖެ
ޢިއުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިއުލާން ނަމްބަރ MNU-CA-FM/2018/29 އަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އަލުން އެމަސައްކަތަށް އިއުލާންކުރަމެވެ. ފެކަލްޓީ އޮފް ހޮސްޕިޓެލިޓީއެންޑް ޓްވަރިޒްމަ ސްޓަޑީޒްގައި ތިރީގައި މިދަންނަވާ އާންމުމަރާމާތުތައް 01 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައި ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
1- ފެކަލްޓީ އޮފް ހޮސްޕިޓެލިޓީސް އެންޑް ޓްވަރިޒަމް ސްޓަޑީޒް އިމާރާތުގެ އާއްމު މަރާމާތުގެ މަސައްކަތްތައް
2- ފެކަލްޓީ އޮފް ހޮސްޕިޓެލިޓީސް އެންޑް ޓްވަރިޒަމް ސްޓަޑީޒް އިމާރާތުގެ އާއްމު މަރާމާތުގެ ކަރަންޓް ގެ މަސައްކަތްތައް
3- ފެކަލްޓީ އޮފް ހޮސްޕިޓެލިޓީސް އެންޑް ޓްވަރިޒަމް ސްޓަޑީޒް އިމާރާތުގެ ރެސްޓޯރަންޓް ، ބަދިގޭގައި އަދި އެހެނިހެން ތަންތަނުގައި ބޭނުންކުރާ އިކްއިޕްމަންޓް ތައް ސާވިސްކޮށް ބެލެހެއްޓުން
ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 19 އޭޕްރީލް 2018 ވާ ދުވަހުގެ 11:00 އަށް މަރުކަޒީ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 23 އޭޕްރީލް 2018 ވާ ދުވަހުގެ 11:00 އަށް މަރުކަޒީ އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.