ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2018/10
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 19 އޭޕްރިލް 2018 12:30
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢުމްރާގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

މިކޯޕަރޭޝަންގެ ފަރާތުން މިއަހަރު ރަމަޟާން މަހުގެ ފަހު ފަނަރައިގައި ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާނެ ފަރާތްތައް، ތިރީގައި މި ދަންނަވާ މަޤާމްތަކަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

ކައްކާ (ފިރިހެން)

އަދަދު:

02

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހީންނަށް ކަމުދާ ގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާއްމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ޙައްޖު ނުވަތަ ޢުމްރާ ދަތުރުގައި ކައްކާ ކާންދިނުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކައްކާ ކާންދިނުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމު:

ސަޕޯޓް ސަރވިސް  އޮފިސަރ (ފިރިހެން)

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ޢަރަބި ބަހާއި އިނގިރޭސި ބަސް ނުވަތަ އުރުދޫ ބަސް އެނގޭ ފަރާތެއް ކަމުގައި ވުން.

މަސްއޫލިއްޔަތު:

  • ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • ބާޒާރުން ގަންނަ ތަކެތި ހޮޓަލަށް ގެނައުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

މަޤާމު:

އިމާމް (ފިރިހެން)

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު

  • ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކަނޑައެޅޭ ތާވަލާ އެއްގޮތަށް ޢުމްރާވެރިންނަށް ދީނީ ދަރުސް ދިނުން.
  • ދީނީ އެކި ކަންކަން އޮޅުން ފިލުވަން އަންނަ ފަރާތްތަކަށް މަޢުލޫމާތާއި އިރުޝާދު ދިނުން.
  • ޢުމްރާގެ އަޅުކަމާ ގުޅޭ އެންމެހާ ކަންކަމުގައި އިސް ދައުރެއް އަދާކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މިފޯމު ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

  • 19 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

10 އޭޕްރީލް 2018

11 އޭޕްރިލް 2018