މަޤާމް :
|
ޖެނެރަލް މެނޭޖަރ / މޭލް އޮޕަރޭޝަންސް
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/12000 ރުފިޔާ ( ބާރަ ހާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/4500 ރުފިޔާ ( ހަތަރު ހާސް ފައްސަތޭކަ ރުފިޔާ)
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް – މޭލް އޮފަރޭޝަންސް ޑިވިޛަން
|
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ބިޒްނަސް ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 7 ގެ ފާހެއް އޮތުމާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
- މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން
- ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
- ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
|
މަޤާމްގެ މަސްޢޫލިއްޔަތު
|
- މޭލް އޮޕަރޭޝަންސްގެ މަސައްކަތްތައް ޑިވެލޮޕްކޮށް ޒަމާނީ ކުރުމުގެ މަސައްކަތާ ގުޅޭ ޕޮލިސީ ލެވަލްގެ މަސައްކަތް ކުރުން
- އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ލެވަލްގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ ބޭނުން ހިފައި މިދާއިރާ ފުޅާ ކުރުމަށް އިންވެސްޓްމަންޓްތައް ހޯދުމަށް ކުރެވޭ މަސައްކަތްތައް ކުރުން
- މޭލްގެ ދާއިރާ ފުޅާކުރުމަށް އީ-ކޮމާސް މާކެޓިންގގައި ހުރި ފުރުޞަޠުތުތައް ކެޕިޓަލައިޒް ކުރުމާއި މާކެޓް ދިރާސާކުރުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)
- ގުޅޭނެ ފޯން ނަންބަރު
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2018 އޭޕްރިލް 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ސިޓީ އެޑްރެސްކުރާނެ ގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ،
3321559 އެވެ.
|