ކުއްޔަށް ހިފުން
ނަންބަރު: S2C-A/2018/08
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 19 އޭޕްރިލް 2018 14:00
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބޭނުމަށް ސ. މަރަދޫ އިން އިމާރާތެއް ކުއްޔަ ހޯދުން

      ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭނުމަށް ކޯޓް ހިންގަން، ސ.މަރަދޫ އިން ޢިމާރާތެއް ކުއްޔަށް ހޯދަން ކުރެވުނު މިކޯޓްގެ ނަންބަރ S2C-A/2018/3 ޢިއުލާނާއި ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށް އެސްޓިމޭޓް ހުށަހަޅާފައިވަނީ އެންމެ ދެ ފަރާތުންކަމަށްވާތީ، އެޢިއުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

      މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު ޑިޕާޓްމަންޑް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑު އަދި ސަރުކާރު ރަސްމީ ދުވަސްތަކުގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

      ވީމާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭނުމަށް ކޯޓް ހިންގަން، ސ.މަރަދޫ އިން ޢިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޭޕްރީލް 2018ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. 


 

12 އޭޕްރިލް 2018