ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)369-AS/369/2018/15
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 08:56
ސުންގަޑި: 16 އޭޕްރިލް 2018 12:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީގައި ޖިމެއް ތަރައްޤީކުރުމަށްޓަކައި ޖިމްއަށް ބޭނުންވާ ސާމާނު ހޯދުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާ ( ރަށު ކައުންސިލުން ދޭ ޚިދުމަތްތައް ) ގެ ވ ގައި އިޖުތިމާޢީ މަރުކަޒުތަކާއި ، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާއި ބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކައުންސިލްގެ މައްޗަށް ދިނުމަށް ލާޒިމުކޮށްފައިވާ ޚިދުމަތަކަށް ވެފައި ، މ.މަޑުއްވަރީގެ ލޮބުވެތި ރައްޔިތުންގެ ޞިއްޙަތު ފުރިހަމައަށް ބައްޓަންކޮށް ބެހެއްޓުމަށް ކަސްރަތަކީ މުހިއްމުކަމެއްކަމަށް ވާތީ ، މ.މަޑުއްވަރީ ކައުންސިލްގެ 10 ވަނަ އާންމު ބައްދަލުވުމުން 08 އޭޕްރީލް 2018 ވަނަ ދުވަހު ވަނީ ، މ.މަޑުއްވަރީގައި ޖިމް އެއް ތަރައްޤީކުރުމަށްޓަކައި ، ޖިމްއަށް ބޭނުންވާ ސާމާނު ހޯދުމަށް ނިންމާފައެވެ.

ޖިމްއަށް ބޭނުންވާ ސާމާނާއި ، ކަމާއި ގުޅޭ މަޢުލޫމާތު ލިޔުން 12 އޭޕްރީލް 2018 ދުވަހުގެ 12:00 އިން ފެށިގެން 16 އޭޕްރީލް 2018 ވަނަ ދުވަހުގެ 14:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ދޫކުރަމުން ގެންދާނެއެވެ. މަޢުލޫމާތު ލިޔުން މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ނަންބަރު 6720039 ގުޅުއްވުމުން އީމެއިލްގެ ޒަރީއާއިން ނުވަތަ މީސްމީޑިޔާ މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. ޖިމްއަށް ބޭނުންވާ ސާމާނާއި ، ކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސް އިސްމާޢީލް ނާފިޢު 7837660 އާއި އެވެ.

މަޢުލޫމާތު 16 އޭޕްރީލް 2018 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ސާފުކުރެއްވި ފަރާތްތަކުން ޖިމްއަށް ބޭނުންވާ ސާމާނު ވިއްކޭނެ އަގު ހިމެނޭ އަންދާސީ ހިސާބު 19 އޭޕްރީލް 2018 ވަނަ ދުވަހުގެ 13:00 ގައި ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކޮށްފައިނުވާ އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮތް ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަވާނީ ސިޓީ އުރައަކަށްލާ ބަންދުކުރައްވައިގެން ހުށަހަޅުއްވަން އޮތް ގަޑިއަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ.

 

އަންނަނިވި ލިޔުންތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެ އަންދާސީ ހިސާބެއް ބާތިލުކުރެވޭނެއެވެ.

  • ·         އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • ·         އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުލަބު/ ޖަމުޢިއްޔާ އެއް ނަމަ ކުލަބު/ޖަމުޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީ
  • ·         އަމިއްލަ ފަރާތެއް ނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  • ·         ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  • ·         ހުށަހަޅުއްވަން ދުރުވާ ފަރާތުގެ އައިޑީކާޑުގެ އަޞްލު
  • ·         ކުންފުނި/ ކުލަބު ޖަމުއިއްޔާ އިން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތު އަންގައިދޭ ރަސްމީ ލިޔުން
  • ·         އަންދާސީ ހިސާބު ހުށަހަޅުއްވަން ދުރުވަނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތުން ނޫންނަމަ ، ވަޑައިގަންނަވާނެ ފަރާތް އަންގައިދޭ ލިޔުން
12 އޭޕްރިލް 2018