ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CORP/IU/2018/0057
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 15 އޭޕްރިލް 2018 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
AGM Related Announcement

ނަންބަރު:MTCC-CORP/IU/2018/0057

 

 

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ 2017 ވަަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނަށް ދަޢުވަތު އަރުވަމެވެ. 2017 ވަަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެރޭ 09:00 ގައި ހޮޓަލް ޖެންގެ ބޯލްރޫމް، މާލެ، ދިވެހިރާއްޖޭގައެވެ.

ޖަލްސާގެ އެޖެންޑާ

  1. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން.
  2. 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން .
  3. 2017 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯރޓް ހުށަހަޅާ ފާސްކުރުން.
  4. 2017 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ފާސްކުރުން.
  5. ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުން.
  6. 2018 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން.
  7. ކުންފުނީގެ އަސާސީ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ޤަރާރު ފާސްކުރުން.
  8. ކުރިއަށްއޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުރުން.  
  9. ޙިއްޞާދާރުން ޚިޔާލުފާޅުކުރެއްވުން.
  10. ޖަލްސާ ނިންމުން.

 

2016 ވަަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ފަރާތްތައް

2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ 18 އޭޕްރީލް 2018 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

 

ޖަލްސާއަށް ރެޖިސްޓަރކުރުން

ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން މިކުންފުނީގެ "އަހަރީ އާންމު ޖަލްސާ 2017 އަށް ރަޖިސްޓަރކުރުމަށް އެދޭ ފޯމް" މެދުވެރިކޮށް 24 އޭޕްރީލް 2018 ދުވަހުގެރޭ 09:00 ގެ ކުރިން ރެޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. "އަހަރީ އާންމު ޖަލްސާ 2017 އަށް ރެޖިސްޓަރކުރުމަށް އެދޭ ފޯމް" ކުުންފުނީގެ ވެބްސައިޓުން އަދި ކޯޕޮރޭޓް އެފެއާރޒް ޑިޕާރޓްމަންޓުން (އެމްޓީސީސީ މައި އޮފީހުގެ 07 ވަނަ ފަންގިފިލާ) ލިބިވަޑައިގަންނަވާނެއެވެ. މި ފޯމް ފުރުއްވުމަށްފަހު، [email protected] އަށް އީމެއިލްކުރައްވައިގެން ނުވަތަ 3323221 ނަންބަރަށް ފެކްސްކުރައްވައިގެން ނުވަތަ އެމްޓީސީސީގެ ކޯޕޮރޭޓް އެފެއާރޒް ޑިޕާރޓްމަންޓަށް (އެމްޓީސީސީ މައި އޮފީހުގެ 07 ވަނަ ފަންގިފިލާ) ހުށަހަޅުއްވައިގެން ރެޖިސްޓަރކުރެވިދާނެއެވެ. ޖަލްސާއަށް ރެޖިސްޓަރކުރައްވާއިރު ފޯމާއެކު ހުށަހެޅުއްވުމަށް ބަޔާންކޮށްފައިވާ އެންމެހާ ލިޔެކިއުންތައް ހުށަހެޅުއްވުމަށް ޙިއްސާދާރުންގެ އަރިހުން އެދެމެވެ. ޖަލްސާއަށް ރެޖިސްޓަރކުރައްވާ ފަރާތްތަކަށް ރެޖިސްޓަރކޮށްފައިވާކަމުގެ ސްލިޕެއް ހަވާލުކުރެވޭނެއެވެ. ޖަލްސާއަށް ވަޑައިގަންނަވާއިރު މިސްލިޕް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.  

ޕްރޮކްސީ ހުށަހެޅުން

2017 ވަނަ އަހަރުގެ އަހަރީ ޖަލްސާއަށް ބަދަލުގައި އެހެން ފަރާތެއް ފޮނުއްވަން ބޭނުންފުޅުވާ ޙިއްޞާދާރުން މިކުންފުނީގެ "ޕްރޮކްސީ ފޯމް"، ފުރިހަމަކުރެއްވުމަށްފަހު 24 އޭޕްރީލް 2018 ދުވަހުގެރޭ 09:00ގެ ކުރިން [email protected] އަށް ނުވަތަ އެމްޓީސީސީގެ ކޯޕޮރޭޓް އެފެއާރޒް ޑިޕާރޓްމަންޓަށް (އެމްޓީސީސީ މައި އޮފީހުގެ 07 ވަނަ ފަންގިފިލާ) ނުވަތަ 3323221 ނަންބަރަށް ފެކްސްކުރައްވައިގެން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން، ޖަލްސާއަށް ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވާ ފަރާތްތަކަށް ރެޖިސްޓަރކޮށްފައިވާކަމުގެ ސްލިޕެއް ހަވާލުކުރެވޭނެއެވެ. ޖަލްސާއަށް ވަޑައިގަންނަވާއިރު މިސްލިޕް ހިއްޕަވައިގެން ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.    

ޢައްޔަންކުރައްވާފައިވާ ޕްރޮކްސީއެއް ބާތިލްކުރައްވަން ބޭނުންފުޅުވާ ނަމަ މިކުންފުނީގެ "ޕްރޮކްސީ ބާތިލްކުރަން އެދޭ ފޯމް"، ފުރިހަމަކުރެއްވުމަށްފަހު 26 އޭޕްރީލް 2018 ވަނަ ދުވަހުގެ ރޭ 08:00ގެ ކުރިން [email protected] އަށް ނުވަތަ އެމްޓީސީސީގެ ކޯޕޮރޭޓް އެފެއާރޒް ޑިޕާރޓްމަންޓަށް (އެމްޓީސީސީ މައި އޮފީހުގެ 07 ވަނަ ފަންގިފިލާގައިވާ) ނުވަތަ 3323221 ނަންބަރަށް ފެކްސްކުރައްވައިގެން ހުށަހެޅުއްވުން އެދެމެވެ.   

"ޕްރޮކްސީ ފޯމް" އަދި "ޕްރޮކްސީ ބާތިލްކުރަން އެދޭ ފޯމް" ކުންފުނީގެ ކޯޕޮރޭޓް އެފެއާޒް ޑިޕާރޓްމަންޓުން (އެމްޓީސީސީގެ މައި އޮފީހުގެ 07 ވަނަ ފަންގިފިލާގައިވާ)އަދި އެމްޓީސީސީގެ ވެބްސައިޓް: www.mtcc.com.mv އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

 

ޖަލްސާގައި ޙާޞިރީ މާކުކުރުން

ޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓަރކުރައްވާފައިވާ ޙިއްޞާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންގެ ހާޟިރީ މާކުކުރުމަށް ހަމަޖެހިފައިވަނީ
26 އޭޕްރީލް 2018 ވަނަ ދުވަހުގެ ރޭ 08:00 އިން އެރޭގެ 08:45 އަށް ހޮޓަލް ޖެންގެ ބޯލްރޫމްްގައެވެ. ހާޟިރީ މާކުކުރުމަށް ވަޑައިގަންނަވާއިރު، ރެޖިސްޓްރޭޝަން ސްލިޕް އަދި އެފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު، ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް ހިއްޕަވައިގެން ވަޑައިގެން ދެއްވުމަށް ދަންނަވަމެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ، މަތީގައި ބަޔާންކޮށްފައިވާ ވަގުތު ހަމަވުމުގެ ކުރިން ޙާޟިރީ މާކުކުރައްވާ ފަރާތްތަކަށެވެ. 

 

އެޖެންޑާ އައިޓަމްތަކާއި ގުޅޭ އިތުރު މަޢުލޫމާތު

އެޖެންޑާ އައިޓަމް 2: 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން .

2016 ވަނަ އަހަރުގެ އަަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވާނީ ޙިއްޞާދާރުންގެ މައުލޫމާތަށްޓަކައި
ނަންބަރު: MTCC-CORP/IU/2018/0049 އިޢުލާނުން (05 އެޕްރީލް 2018) އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ. މި ޔައުމިއްޔާއަށް އިސްލާހު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 19 އޭޕްރިލް 2018 ވަނަ ދުވަހު ހަވީރު 4:00 ގެ ކުރިން [email protected] އަށް ނުވަތަ އެމްޓީސީސީގެ ކޯޕޮރޭޓް އެފެއާރޒް ޑިޕާރޓްމަންޓަށް (އެމްޓީސީސީ މައި އޮފީހުގެ 07 ވަނަ ފަންގިފިލާގައިވާ) ނުވަތަ 3323221 ނަންބަރަށް ފެކްސްކުރައްވައިގެން ހުށަހެޅުއްވުން އެދެމެވެ.

 

އެޖެންޑާ އައިޓަމް 3 އަދި 4: 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނު 96/10، ކުންފުނީގެ ހިންގާ ޤަވާޢިދު، ކޯޕޮރޭޓް ގަވަރނަންސް ކޯޑު، ކޮންޓިނިއުއަސް ޑިސްކްލޯޝަރ އޮބްލިގޭޝަން އޮފް އިޝުއާރސް ރެގިއުލޭޝަން 2010 އަދި ލިސްޓިންގ ރޫލްސްގައި ބަޔާންކޮށްފައިވާގޮތުގެމަތީން އެމްޓީސީސީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ވާނީ 12 އެޕްރީލް 2018 ވަނަ ދުވަހު މިކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 5: 2017 ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ގޮތެއް ނިންމުން

2017 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީއަގު -/5 ރުފިޔާގެ ޙިއްޞާއަކަށް 2/60 ރުފިޔާ ބަހާގޮތަށް ފާސްކުރުމަށްޓަކައި 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާގޮތަށް މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ، މިކަން ވާނީ ޙިއްޞާދާރުންގެ މައުލޫމާތަށްޓަކައި ނަންބަރު: MTCC-CORP/IU/2018/0047އިޢުލާނުން (02 އެޕްރީލް 2018) އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ. 2017 ވަނަ އަހަރުގެ ފައިދާ ލިބިވަޑައިގަންނަވާނީ 18 އޭޕްރިލް 2018 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

 

އެޖެންޑާ އައިޓަމް 6: 2018 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުން

2018 ވަނަ އަހަރު ކުންފުނި އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާންއާއި ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތަފްސީލް ތިރީގައިއެވަނީއެވެ.

 

އޮޑިޓް ފާރމް

ހުށަހެޅުއްވި އަގު    (ރުފިޔާއިން)

ފާއިތުވި އަހަރު ކުންފުންޏާއެކު މަސައްކަތެއް ކުރައްވާފައިވާނަމަ އެކަން

ޕްރައިސްވޯޓަރހައުސްކޫޕާރސް

381,203

ކުންފުނީގެ އިންޓަރނަލް އޮޑިޓަރުން

ކޭޕީއެމްޖީ

381,600

ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުން

 

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ 2018 ވަނަ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި ހަމަޖެއްސުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފަރާތަކީ، ކޭޕީއެމްޖީއެވެ. ކޭޕީއެމްޖީ އަކީ މިކުންފުނީގެ 2017 ވަނަ އަހަރުގެވެސް އެކްސްޓަރނަލް އޮޑިޓަރުންނެވެ.  

 

އެޖެންޑާ އައިޓަމް 7: ކުންފުނީގެ އަސާސީ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ޤަރާރު ފާސްކުރުން

19 އޮކްޓޯބަރ 2017 އިން 31 ޑިސެމްބަރ 2017 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ރައިޓްސް އިޝޫއާގުޅިގެން ކުންފުނީގެ ޙިއްޞާ އެކަށައެޅިފައިވާގޮތަށް ވަނީ ބަދަލު އައިސްފައެވެ. މިބަދަލާއި އެއްގޮތަށް ކުންފުނީގެ އަސާސީ ޤަވާއިދު، 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާ ތިރީގައި އެވާގޮތަށް ޚާއްސަ ޤަރާރަކުން ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

"މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ އަސާސީ ޤަވާއިދު އިސްލާޙުކޮށް ފާސްކޮށްފީމެވެ.“

 

 

 

 

 

 

އަސާސީ ޤަވާއިދަށް ހުށަހަޅާ އިސްލާހު

 

މާއްދާ ނަންބަރު

އިސްލާހު ގެނައި ސަބަބު

އަސާސީ ޤަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތް

ހުށަހަޅާ އިސްލާހު

5

2017 ވަނަ އަހަރު ކުރިޔަށްގެންދިޔަ ރައިޓްސް އިޝޫއާއި ގުޅިގެން ކުންފުނީގެ ޙިއްޞާ އެކަށައެޅިފައިވާގޮތަށް ބަދަލު އައިސްފައިވާތީ އެބަދަލު އަސާސީ ޤަވާއިދަށް ގެނެސް އަސާސީ ޤަވާއިދު އިސްލާހުކުރުމަށް.

 

ޙިއްޞާދާރުން

ޙިއްޞާގެ އަދަދު

ޙިއްޞާގެ%

ދިވެހި ސަރުކާރު (މިނިސްޓްރީ އޮފް

ފިނޭންސް އެންޑް ޓްރެޜަރީ)

2,393,220

47.8

މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް

373,920

7.5

އާއްމު ޙިއްޞާދާރުން

2,232,860

44.7

ޖުމްލަ

5,000,000

100

 

ޙިއްޞާދާރުން

ޙިއްޞާގެ އަދަދު

ޙިއްޞާގެ%

ދިވެހި ސަރުކާރު (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ)

5,160,360

64.20

މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް

373,920

4.65

އާއްމު ޙިއްޞާދާރުން

2,503,469

31.15

ޖުމްލަ

8,037,749

100

 

 

ހުށަހަޅާފައިވާ އިސްލާޙާއި ގުޅިގެން ޙިއްސާދާރުން އިސްލާޙެއް ހުށަހަޅުއްވަން ބޭނުންފުޅުނަމަ، އެމްޓީސީސީގެ "އަސާސީ ޤަވާއިދު އިސްލާހުކުރުމާއި ބެހޭ" މިގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވުމަށްފަހު، 19 އޭޕްރިލް 2018 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ކޯޕޮރޭޓް އެފެއާރޒް ޑިޕާރޓްމަންޓްއަށް (އެމްޓީސީސީގެ މައި އޮފީހުގެ 07 ވަނަ ފަންގިފިލާގައިވާ) ހުށަހެޅުއްވުން އެދެމެވެ. މި ގޮތަށް އިސްލާހު ހުށަހަޅުއްވާއިރު އެބޭފުޅެއްގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް ޖެއްސެވުން އެދެމެވެ.

 

އެޖެންޑާ އައިޓަމް 8: ކުރިޔަށްއޮތް އަހަރަށް ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުން

ކުރިޔަށްއޮތް އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރައްވާފައިވާ ފަރާތްތަކަކަކީ:-

1-    އަލްފާޟިލް އަޙްމަދު ނިޔާޒް (ޗެއަރމަން)         ހަސަންކާރިގެ، ސ.މީދޫ

2-   އަލްފާޟިލް އިބްރާހީމް ޒިޔާތު (މެނޭޖިންގ ޑިރެކްޓަރ)  ހ.އާހަމަ، ކ.މާލެ

3-   އަލްފާޟިލް އަޙްމަދު ކްރިކް ރިޟާ             މއ. ކުރިކީލަ ހިޔާ، ކ،މާލެ

4-   އަލްފާޟިލާ ނާޝިމާ އަބްދުއްލަތީފް             މ. ލައިޓް ޝެޑޯ، ކ.މާލެ

5-   އަލްފާޟިލް އަޙްމަދު އަބްދުﷲ               ހުޅުމާލޭ ފްލެޓް ނަންބަރު:07-3-1

 

މިކުންފުނީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ 02 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވީ 07 ފަރާތެވެ. މިފަރާތްތައް އިވެލުއޭޓްކުރުމަށްފަހު، ޑިރެކްޓަރު ކަމުގެ ޝަރުތު ފުރިހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވަނީ ތިރީގައި އެވާ 06 ފަރާތެވެ.   

  1. އަލްފާޟިލް ނަސްރަތު މުޙައްމަދު،       ހެޕީނައިޓް / ގއ. ވިލިނގިލި
  2. އަލްފާޟިލް އަޙްމަދު އަބޫބަކުރު،        ދަފްތަރު ނަންބަރު 698-95
  3. އަލްފާޟިލާ އައިޝަތު ފަޒީނާ،         ބިލަތްމާގެ / ގދ.ގައްދޫ
  4. އަލްފާޟިލް ޙަަސަން މަނިކު،          މއ.ދެދުނބުރިގެ / ކ.މާލެ
  5. އަލްފާޟިލް މުޙައްމަދު ފަރުޞަތު،       ހ.ޓޫހާރޓްސް / ކ.މާލެ
  6. އަލްފާޟިލް މަންސޫރު ޒުބައިރު،        ކޮތަންމާގެ / ސ.ހިތަދޫ

 

މިފަރާތްތަކާއި ބެހޭ މަޢުލޫމާތު މިކުންފުނީގެ ނަންބަރު:MTCC-CORP/IU/2018/0052 އިޢުލާނުން 12 އޭޕްރީލް 2018 ގައި ޙިއްޞާދާރުންގެ މައުލޫމާތަށްޓަކައި އާންމުކޮށްފައެވެ. 

 

ޖަލްސާގައި ވޯޓްދިނުން

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުންފުނީގެ ކޮންމެ ޢާންމު ޖަލްސާއެއްގައިވެސް ވޯޓް ދޭނީ އަތް އުފުލައިގެންނެވެ. ނަމަވެސް ކުންފުނީގެ ޙިއްޞާގެ އަށްވުރެ މަދުނޫން އަދަދެއް ތަމްޞީލްކުރާ މެމްބަރުން އެދިއްޖެނަމަ، މެމްބަރުން ގަނެފައިވާ ޙިއްޞާގެ ނިސްބަތުން ކޮންމެ ޙިއްޞާއަކަށް ވޯޓެއްގެ ނިސްބަތުން، ޕޯލް ވޯޓްދޭގޮތަށް ހަމަޖައްސަންވާނެއެވެ.  

 

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަތް އުފުލައިގެން ވޯޓް ދޭއިރު ޙާޟިރުވި ކޮންމެ ޙިއްޞާދާރަކަށް ވެސް ދެވޭނީ އެއް ވޯޓެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މެމްބަރުން ގަނެފައިވާ ޙިއްޞާގެ ނިސްބަތުން ވޯޓުދޭއިރު ޙާޟިރުވި ކޮންމެ މެމްބަރަކަށްވެސް އޭނާ ގަނެފައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ގެ ގޮތުން ޕޯލް ވޯޓެއް ދެވިދާނެއެވެ.

 

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުންފުނީގެ ޢާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމުގައި އަތް އުފުލައިގެން ވޯޓްދިނުމުގެ ބަދަލުގައި ޖަލްސާއަށް ހާޟިރުވި ކޮންމެ ޙިއްޞާދާރަކަށް އަދި ޕްރޮކްސީ މެދުވެރިކޮށް ތަމްސީލުކުރެވިފައިވާ ކޮންމެ ޙިއްޞާދާރަކަށް، އެޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ އާންމު ޙިއްޞާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ކޮންމެ ގޮނޑިއަކަށް އެއް ވޯޓް ދެވޭ އުޞޫލުން ވޯޓް ފޮއްޓަށް ވޯޓް ލެވިދާނެއެވެ. މިގޮތުން ވޯޓު ދިނުމުގައި ހުސްވެފައިވާ ގޮނޑީގެ އަދަދަށްވުރެ ގިނައިން ޙިއްޞާދާރަކު އަދި ޕްރޮކްސީ މެދުވެރިކޮށް ބަދަލުގައި ވޯޓުލާ ފަރާތުން ވޯޓު ދީފައިވާނަމަ އެ ޙިއްޞާދާރެއްގެ ނުވަތަ ޕްރޮކްސީ ވޯޓެއް ބާތިލްވާނެއެވެ.

 

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޑިރެކްޓަރުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓުގެ ނަތީޖާގައި އެންމެ މަތިން ވޯޓު ހޯދާފައިވާ ފަރާތްތައް އެއްވަރުވެއްޖެ ނަމަ، ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރެވޭ މެމްބަރުން ކަނޑައަޅާނީ އެއްވަރަށް ވޯޓު ހޯދާފައިވާ ފަރާތްތަކުން އެކަނި ހިމެނޭގޮތަށް އަލުން ނަގާ ވޯޓެއްގެ ނަތީޖާ އިންނެވެ.

 

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 60 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޖަލްސާ އެއްގައި ވޯޓަށް އެހުމުން، ދެފަރާތުގެ ވޯޓް އެއްވަރު ވެއްޖެނަމަ، އެ ވޯޓް ނެގުނީ، އަތް އުފުލައިގެން ވޯޓް ދޭގޮތަށް ކަމަށްވިޔަސް ނުވަތަ ޙިއްޞާއަކަށް ވޯޓެއްދޭ އުޞޫލުންކަމަށް ވިޔަސް އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ކާސްޓިންގ ވޯޓެއް ދިނުމުގެ ޙައްޤު ލިބިގެންވެއެވެ.

 

ކުންފުނީގެ ހިންގާ ޤަވާޢިދުގެ 61 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުންފުނީގެ ޙިއްޞާދާރުންގެ ޖަލްސާއެއްގައި ދެވޭ ވޯޓެއްގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ހަމައެކަނި ފަރާތަކީ އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތެވެ.

 

ކުންފުނީގެ ހިންގާ ޤަވާއިދުގެ 62 ވަނަ މާއްދާގައިވާގޮތުގެ މަތީން އެހެން ގޮތަކަށް ހިންޤާ ޤަވާއިދުގައި ބަޔާންކުރެވިފައި ނުވާހާހިނދަކު ބައްދަލުވުމެއްގައި ވޯޓަށް ހުށަހަޅާ ޙިއްޞާދާރުންގެ ޚާއްސަ ޤަރާރެއް ފާސްވާނީ ޙިއްޞާދާރުންގެ އާންމު ޖަލްސާއަކަށް ހާޒިރުވެ، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައި މެމްބަރުންގެ އަޣްލަބިއްޔަތު ލިބިއްޖެނަމައެވެ. ޙިއްޞާދާރުންގެ ޚާއްސަ ޤަރާރު އިއްތިފާޤުން ނުވަތަ ވަކި އަޣުލަބިއްޔަތަކުން ފާސްވެއްޖެކަމަށް ނުވަތަ އެ ޤަރާރު އަޢުލަބިއްޔަތު ނުވަތަ ވަކި އަޣުލަބިއްޔަތެއް ނުލިބިގެން ފާސްނުވާކަމަށް ބަޔާންކޮށް ވޯޓުގެ ނަތީޖާ ރިޔާސަތުން އިޢުލާނުކޮށް، އެކަން ޔައުމިއްޔާގައި ލިޔުމުން، އެ ޤަރާރަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ދިން ވޯޓުގެ ޢަދަދު ޔައުމިއްޔާގައި ލިޔެފައި ނެތްކަމުގައިވީ ނަމަވެސް އެ ޤަރާރަކާ ބެހޭގޮތުން ނިންމި ނިންމުމުގެ ފުރިހަމަ ދަލީލަކަށް ފުދޭނެއެވެ.   

 

ވީމާ، މިކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                         ......................................        

26 ރަޖަބު 1439

12 އޭޕްރީލް 2018

12 އޭޕްރިލް 2018