ކުއްޔަށް ދިނުން
ނަންބަރު: MWSC-F/1/ADV/2017/41
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 19 އޭޕްރިލް 2018 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ ގެ ބައެއް ފަންގިފިލާތައް ކުއްޔައްދިނުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

މިކުންފުނީގެ ފަރާތުން ޙިއްސާކުރެވޭ މަޢުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ކަސްޓަމަރ ސަރވިސް ބިލްޑިންގ ގެ  6,5,4,3އަދި 7 ވަނަ ފަންގިފިލާތައް ކުއްޔަށް ހިފާނޭ ފަރާތްތައް ހޯދަން ބޭނުންވެއެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 1500.00ރ އެވެ.ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 12 އެޕްރީލް 2018 އިން 19 އެޕްރީލް 2018  އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 16 އެޕްރީލް 2018 އިން 19 އެޕްރީލް 2018 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.                             

 މަޢުލޫމާތު ދިނުމަށްޓަކައި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 އެޕްރީލް 2018 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ) ގައެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ސުންގަޑިއަކީ 08 މޭ 2018 ވާ އަންގާރަ ދުވަހު 14:00 ގައި އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ) ގައެވެ.ބިޑް ސެކިއުރިޓީ ގެ ގޮތުގައި ބިޑް ހުށަހަޅުއްވާއިރު -/50000 ރުފިޔާގެ ބިޑް ސެކިއުރިޓީ އެއް ހުށައަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ކޮންޓްރެކްޓް އެވާރޑްކުރެވޭ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓް ގޮތުގައި3 މަހުގެ ކުލި އެވޯރޑްކުރެވޭތާ 5 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

 

12 އެޕްރީލް 2018

12 އޭޕްރިލް 2018