މަސައްކަތް
ނަންބަރު: (IUL)426-AA/426/2018/36
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 17 އޭޕްރިލް 2018 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ ފޭދޫ އަވަށުގައި ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް

އިޢުލާން

އައްޑޫސިޓީ ފޭދޫ އަވަށުގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވެ ކުރެވުނު ނަންބަރު: (IUL)426-AA/426/2018/32 އިޢުލާނަން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހާޅާފައިނުވާތީ މިއިޢުލާން ބާޠިލުކޮށް މިމަސައްކަތަށ އަލުން ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތާއި ގުޅޭ ބީލަންފޯމް 2018 އެޕްރީލް 12 ވާ ބުރާސްފަތި ދުވަހުގެ 10:00ން ފެށިގެން 2018 އެޕްރީލް 17 ވާ އަންގާރަ ދުވަހުގެ 12:00ށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 އެޕްރީލް 19 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 އެޕްރީލް 12 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2018 އެޕްރީލް 18 ވާ ބުދަ ދުވަހުގެ 10:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 އެޕްރީލް 18 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

24 ރަޖަބު 1439

11 އޭޕްރިލް 2018