ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2018/28
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 17 އޭޕްރިލް 2018 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ ސޭލްސް އެގްޒެކެޓިވް

މަޤާމް :ސީނިއަރ ސޭލްސް އެގްޒެކެޓިވް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                          

މަޤާމު: ސީނިއަރ ސޭލްސް އެގްޒެކެޓިވް

މުސާރަ

-/8150 ރުފިޔާ

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

ޓީޕީ 3

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ސޭލްސް

އިތުރު ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކަށް – 100/ރުފިޔާ

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

މަގާމާއި ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުން ނުވަތަ މަގާމާއި ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު މަގާމާއި ގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމާއި ގުޅޭ ދާއިރާއިން (އަށެއް) 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޕްރޮގްރާމްތަކަށް ސްޕޮންސަރޝިޕް ހޯދުމަށް ރޭޓްކާޑުތައް ހެދުމާއި ޕްރެޒެންޓޭޝަންތައް ހެދުން.
  • ސްޕޮންސަރުންނާއި ކްލަޔަންޓުންއާއި ގުޅުން ބަދަހިކޮށް ޕީ.އެސް.އެމްގެ މީޑިއަމްތަކުގެ އުފެއްދުންތައް ޕްރޮމޯޓުކުރުމާއި ވިއްކުން.
  • އިޝްތިހާރުތަކާއި ޕީ.އެސް.އެމް އިން ފޯރުކޮއްދޭ ޚިދުމަތްތަކުގެ ލޮގުބަލަހައްޓާ ބިލް ކުރުމަށް ފޮނުވުން.
  • ޚިދުމަތްދޭ ފަރާތްތަކާއިއެކު ހަދަންޖެހޭ އެގްރިމަންޓް، އެމް.އޯ.ޔޫ ފަދަ ލިޔެކިޔުމުން ކުރަންޖެހޭ މުއާމަލާތްތައް ކުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2018 އޭޕްރީލް 17 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210،3000268 އާ ގުޅުއްވުން އެދެމެވެ.

 

                        24 ރަޖަބް 1439

11 އޭޕްރިލް 2018