މަސައްކަތް
ނަންބަރު: (IUL)168-CA/1/2018/5
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 15 އޭޕްރިލް 2018 10:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާން ކުރުން

 

 

                                                      ނަންބަރު: (IUL)168-CA/1/2018/5 

 

 

އިޢުލާން

 

މި ކޮމިޝަންގެ އައްޑޫސިޓީގައި ގާއިމްކޮށްފައިވާ ސަދަން ރީޖަނަލް އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި އިޢުލާން ނަންބަރ (IUL)168-CA/1/2018/2  އާއި ގުޅިގެން މައުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިވަނީ ދެފަރާތުން ކަމުގައިވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  15 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ސަދަން ރީޖަނަލް އޮފީހަށް (އައްޑޫސިޓީ، ހިތަދޫ، ސިލްވަރލޭކް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ސަދަން ރީޖަނަލް އޮފީހަށް (އައްޑޫސިޓީ، ހިތަދޫ، ސިލްވަރލޭކް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

25 ރަޖަބު 1439

11 އޭޕްރީލް 2018

 

 

 

 

11 އޭޕްރިލް 2018