ވަޒީފާގެ ފުރުޞަތު
ނަންބަރު: (ILU)L01-HC/2018/002
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 24 އޭޕްރިލް 2018 13:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ލޯންޑްރީ އެސިސްޓެންޓް ގެ މަގާމަށް މީހަކު ހޯދުމަށް

ނަންބަރ: ILU)L01-HC/2018/002)

އިޢުލާނު

މަގާމް:

ލޯންޑްރީ އެސިސްޓެންޓް

މަގާމުގެރޭންކް:

އެސް. އެސް. 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ:

ފ. ފީއަލީ ޞިއްޙީ މަރުކަޒު

ސެކްޝަން:

ކްލިނިކަލް ސަރވިސް ޔުނިޓް (ޑީ – ސެކްޝަން)

ވަޒީފާއަދާކުރަންޖެހޭތަނާއިރަށް:

ފ. ފީއަލީ ޞިއްހީ މަރުކަޒު / ފ. ފީއަލީ

މުސާރަ:

3100 ރުފިޔާ (މަހަކު)

ސާރވިސްއެލަވަންސް:

1000 ރުފިޔާ (މަހަކު)

ސަޕޯޓިންގް ކޯ އެލަވަންސް:

1200 ރުފިޔާ (މަހަކު)

ބޭނުންވާއަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަގާމުގެމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  1. ބަލިމީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރެވޭ ތަކެތި ނަރުހުން އަންގާގޮތެއްގެ މަތިން ފަރުވާތެރިކަމާއެކު ޒިންމާދާރުގޮތެއްގައި ސާފުކުރުން
  2. އޮޓޯކުލޭވް ކުރުމުގައި ނަރުހުންނަށް އެހީތެރިވުން.
  3. ނަރުހުންގެ މަޝްވަރާގެ މަތިން ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކުރުމަށް ހުންނަ ބެޑްޝީޓް ބާލިހުއުރަ ފަދަ ތަކެތި ދޮވެއިސްތިރިކުރުމަށްފަހު މަރުކަޒުގެ ޙިދުމަތަށް ބުރޫނާރާނެގޮތައް އަބަދުވެސް ތައްޔާރަށް ބެހެއްޓުން.
  4. ސިއްހީމަރުކަޒިގައި ބޭނުންކުރާ ދޮރުފޮތިތަކާއި އެހެނިހެން ފޮތިތަށް މަރުކަޒުން ކަނޑައަޅާ ގޮތެއްގެ މަތިން ދޮވެ އިސްތިރިކުރުން.
  5. ލޯންޑްރީގައި ބޭނުންކުރާ މެޝިން، އިސްތިރި ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އަންގަންޖެހޭ މުވައްޒަފަކަށް އަންގައި އެކަމެއް ހައްލުކުރުމަށް ބާރުއަޅައި މަސައްކަތްކުރުން.
  6. މަރުކަޒުގައި ބަލިމީހަކު އެދުމަތި ކުރެވިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ޑިއުޓީކުރުން.
  7. އެޓްޑެންޓް ޗުއްޓީ ނަގައިފަނަމަ އެޑެންޑެންޓްގެ ވަޒީފާ ބަޔާނުގައިވާ ކަންތައްތަކުގެ ތެރެއިން މަރުކަޒުން ހަވާލުކުރާ މަސައްކަތް ކުރުން.
  8. ލޯންޑްރީގައި ބޭނުންކުރާ އެންމެހައިތަކެއްޗާއި، ލޯންޑްރީ މަދުވެގެން ދުވާލަކު 1 ފަހަރު ފޮޅާ ދޮވެސާފްކުރުން. ދޮވެ ސާފްކުރުމުގައި ލޯންޑްރީގައި ހުންނަ ތަކެއްޗަށް ފަރުވާޓެރިވާންވާނެއެވެ.
  9. މަރުކަޒުގެ މަސައްކަތު މީހުންގެ މަސައްކަތުގައި އެހީތެރިވެދިނުން.
  10. ޞިއްހީމަރުކަޒުން އެކިއެކި މުނާސަބަތުގައި ރާވާހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އުޅުން.
  11. މަރުކަޒުންނާއި ސްޕަވައިޒަރު އަންގަވާ ކަންތައްތައް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.

މަގާމުގެޝަރުތުތައް:

ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލެވޭނެކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަގާމަށްއެދެންވީގޮތާއިސުންގަޑި:

2018 އޭޕްރީލް 24 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ފ. ފީއަލީ ޞިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެނެ. (އީމެއިލް: [email protected])

 

 

 

ހުށަހަޅަންޖެހޭލިޔުންތައް:

  1. ފުރިހަމަ ކުރުމަށްފަހު އެޕްލިކޭޝަން ފޯމް (މި ފޯމު މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެމްސައިޓުންwww.csc.gov.mv  ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތަށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީއެއް.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕ
    1. މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާޢްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަށް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
    2. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގަރާމްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓު އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
    3. ސިވިލް ސްރވިސް ޓްރޭނިނގް އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓުގެ ކޮޕީ. (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް)
  6. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްުފިކެޓުތަކުގެ ކޮޕީ:
  7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޙެއްގައި ހޯދައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިންޓަރވިއުއޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2018 މެއި 01 އާއި 2018 މެއި 06 އާއި ދެމެދު ފ. ފީއަލީ ޞިއްހީމަރުކަޒު ގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އުޖޫރައާއިއިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ 7954517،9785001 ނަންބަރު ފޯނަށެވެ. އީމެއިލް: [email protected] އަށެވެ. 

10 އޭޕްރިލް 2018