ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-RPD/1/2018/38
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 22 އޭޕްރިލް 2018 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާމިގިލީ އިންޓަނޭޝަނަލް ޕޯޓުގެ ސަރަޙައްދުގައި ވާ އަމިއްލަ ފަރާތްތަކުގެ މުދާތައް ޕޯޓް ސަރަޙައްދުން ހުސްކުރުން.

ދިވެހި ދައުލަތުގެ ފަރާތުން މާމިގިލީގައި އިންޓަނޭޝަނަލް ޕޯޓެއްގެ ޚިދުމަތްދިނުމަށް ނިންމައި އެމަސައްކަތް ހިންގުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ޙަވާލުކުރެވިފައިވާތީ،  މާމިގިލީގައި އިންޓަނޭޝަނަލް ޕޯޓެއްގެ މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ. ނަމަވެސް މާމިގިލީ އިންޓަނޭޝަނަލް ޕޯޓް ހިންގުމަށް ކަނޑައެޅި، ފެންސް ޖަހައި ވަކިކުރެވިފައިވާ ސަރަޙައްދުގައި އަމިއްލަ ފަރާތްތަކުގެ މުދާ ހުރުމުގެ ސަބަބުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ވީމާ، މާމިގިލީ އިންޓަނޭޝަނަލް ޕޯޓް ޤާއިމުކުރުމަށް ފެންސްޖަހައި ވަކިކުރެވިފައިވާ ސަރަޙައްދުގައި ހުރި އަމިއްލަ ފަރުދުންގެ މުދާތައް 2018 އެޕްރީލް 12 ވަނަ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އެ މުދަލެއްގެ ވެރިފަރާތުން އެ ފަރާތެއްގެ މުދާ ގެންގޮސް އެ ސަރަޙައްދު ހުސްކޮށްދެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުގެންގޮސްފިނަމަ ފެންސްގެ އެތެރޭގައިވާ އެންމެހާ ތަކެތި ނައްތާލެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މި މުއްދަތު ހަމަވުމަށްފަހު މި ސަރަހައްދުގައި ނުގެންގޮސް ބެހެއްޓިފައިވާތަކެތި ނައްތާލުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އުފުލެން ނެތްވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. 

11 އޭޕްރިލް 2018