މަސައްކަތް
ނަންބަރު: (IUL)339/339/2018/22
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 22 އޭޕްރިލް 2018 13:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތޮއްޑޫ ޤަބުރުސްތާނު ވަށައިފާރު މަރާމާތުކުރުމާއި، ހިނަވާގެ ވަށައިފާރު ރޭނުން

            ތޮއްޑޫގެ ޤަބުރުސްތާނު ވަށައިފާރު މަރާމާތުކުރުމާއި، ހިނަވާގެ ވަށައިފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކާގުޅޭ މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއިދާރާއަށް ވަޑައިގެން ދެއްވުންއެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

22 އެޕްރީލް 2018

އާދިއްތަ

13:00

އަންދާސީ ހިސާބު ހުށަހެޅުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

26 އެޕްރީލް 2018

ބުރާސްފަތި

13:00

  • މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކާއި، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުނެތް ވާހަކަ ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ.

 އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.

 ކުންފުންޏަކުން ވަޑައިގަންނަވާނަމަ އެކުންފުނީގެ ފަރާތުން ސިޓީއަކާއި އެކު ބަދަލުގައި މީހަކުފޮނުވާކަމުގެ ލިއުން.

11 އޭޕްރިލް 2018