މަސައްކަތް
ނަންބަރު: (IUL) 13-K/13/2018/79
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 30 އޭޕްރިލް 2018 12:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ށ.ފޯކައިދޫގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތާއި ހދ.ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލުއްވުމުގެ މަތިން ގްރީން ކްލައިމެޓް ފަންޑުން (ޖީ.ސީ.އެފް) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ތިރީގައި މިވާ ރަށްތަކުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K/13/2017/190  އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިވުނާތީ މި މަސައްކަތްތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. ވީމާ، ތިރީގައި މިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ (ޔޫ.އެސް ޑޮލަރު)ނުވަތަ އެޔާއި އެއްވަރު ދިވެހި ރުފިޔާ

 

TES/2017/W-034R01

 

ށ.ފޯކައިދޫގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް

 

15,000/-

 

 

TES/2017/W-036R01

 

ހދ.ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް

 

15,000/-

3. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފެނުގެ ވިޔުގަ އެޅުމާއި، ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުން އަދި އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެއް އެޅުމުގެ މަސައްކަތެވެ.

4. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ދިވެހިރާއްޖޭގެ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ޑުއަލް އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

5. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12އެޕްރީލް 2018 އިން 30 އޭޕްރީލް 2018 އަށް،ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 12:00 އަށް ( ރަމަޟާން މަހު: 10:30 އިން 12:30)މި މިނިސްޓްރީންނެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

6. މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

7. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 02 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޭޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ،ދިވެހިރާއްޖެ

ފޯން:   009603349106 / 009603349104

އީމެއިލް: [email protected]

ކޮޕީ:    [email protected]

10 އޭޕްރިލް 2018