ދެންނެވުން
ނަންބަރު: (IUL)B04-HC/2018/03
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 16 އޭޕްރިލް 2018 11:30
ހދ. ފިނޭ ހެލްތު ސެންޓަރ
ދިވެހިރާއްޖެ
ސިއްހީމަރުކަޒުގައި ކުރަންހުރި ބައެއްމަރާމާތުތައް ކުރުމާއިބެހޭ

 

ފިނޭ ޞިއްޙީމަރުކަޒު

ހދ.ފިނޭ

IUL)B04-HC/2018/03)

 


 
 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

1-ފިނޭ ސިއްހީމަރުކަޒުގެ ވާރޑް ފާހާނާ މަރާމާތު ކުރުން

2-ފިނޭ ސިއްހީމަރުކަޒުގެ ވާރޑް ފާހާނާ ތަށިމުށި ބަދަލު ކުރުން

3-ފިނޭ ސިއްހީމަރުކަޒު އިމާރާތުގެ ވަށައިގެން ހަރުކޮށްފައިވާ ލައިޓްތަކުގެ ތަންމަތިތަކާއި ލައިޓްތައް ބަދަލު ކުރުން

4-ފިނޭ ސިއްހީމަރުކަޒު އިމާރާތުގެ އެތެރޭގައި ހަރުކޮށްފައިވާ ފަންކާތައް ބަދަލުކުރުން

5-ފިނޭ ސިއްހީމަރުކަޒުގެ އޮފީސްބައިގެ އެއަރކޮންޑިޝަނަރ ބަދަލުކުރުން

6-ފިނޭ ސިއްހީމަރުކަޒުގެ ފާރުތަކާއި ދޮރުތަކުގައި ލުމަށް ކުލަ ސަޕްލައި ކޮށްދިނުން

7-ފިނޭ ސިއްހީމަރުކަޒުގެ ގޯތިތެރޭގައިހުރި ބާ އިމާރާތް ތަޅާ ބިން ސާފުކުރުން

 

ވީމާ، މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހުތަކުގައި ފިނޭ ސިއްހީމަރުކަޒުގެ އޮފީހަށް ނުވަތަ ހދ.އަތޮޅު ހެލްތް ސާރވިސަސްގެ މީޓިންގ ރޫމަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މައުލޫމާތު ސާފުކުރުން

 16/04/2018 ވަނަ ދުވަހުގެ 11:30ގައި ފިނޭ ސިއްހީމަރުކަޒުގެ އޮފީސް ނުވަތަ ހދ.އަތޮޅު ހެލްތް ސާރވިސަސްގެ މީޓިންގ ރޫމުގައި.

 

އަންދާސީ ހިސާބު ހުށައެޅުން

 

 23/04/2018 ވަނަ ދުވަހުގެ 11:30 ގައި ފިނޭ ސިއްހީމަރުކަޒުގެ އޮފީސް ނުވަތަ ހދ.އަތޮޅު ހެލްތް ސާރވިސަސްގެ މީޓިންގ ރޫމުގައި.

 

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 

 

                                                    

ފިނޭ ޞިއްޙީމަރުކަޒު   ފޯން އަދި ފެކްސް :6520575     އީމެއިލް:[email protected]

10 އޭޕްރިލް 2018