ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-B1/1/201890
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 30 އޭޕްރިލް 2018 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާން މަހު ހިފްޘުކޮށް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ޙާފިޘުން ހޯދުމަށް

އިޢުލާން

1439 ވަނައަހަރު ރާއްޖޭގެ މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

              1439 ވަނަ އަހަރުގެ ރަމަޟާންމަހު މިސްކިތް ތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވެއެވެ. ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

           މިކަމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމު "ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް 2018 އެޕްރީލް 30 ވަނަ ދުވަހުގެ 14.00 ގެ ކުރިން މި މިނިސްޓްރީއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރައްވާނަމަ  ރަށު ކައުންސިލުގެ އިދާރާއަށް ނުވަތަ މާލެ ސިޓީ ފިޔަވާ އެހެން ސިޓީއެއްގެ މިސްކިތެއްގައި ތަރާވީޙު ނަމާދު ކުރައްވާނަމަ އެރަށެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެއެވެ.  

 އުޖޫރަ (އެލަވަންސް):

      އެލަވަންސް ދެވޭނީ ދިވެހި ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/400 (ހަތަރުސަތޭކަ) ރުފިޔާއެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް 2 އިމާމުންނަށެވެ. މާލެ ސިޓީއާއި  އަތޮޅުތަކުން އެލަވަންސް ހޯއްދެވުމަށް އެދި މި މިނިސްޓްރީ އަށް ހުށަހެޅުއްވޭނެ އެންމެ ފަހު ތާރީޚަކީ 25 ޖުލައި 2018 ވަނަ ދުވަހުގެ 14.00 ގެކުރިން ކަމުގައިވެސް ދަންނަވަމެވެ.

         24  ރަޖަބު 1439 

10 އޭޕްރިލް 2018