ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E/30/2018/57
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:13
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބީލަމުގެ އުޞޫލުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން

ބީލަމުގެ އުޞޫލުން ތިރީގައި މިދަންނަވާ ފަޅުރަށްތައް ވަރުވާ އަށް ހިފުމަށްއެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.

  1. ހދ. ހިރިނައިދޫ  (7.40 ހެކްޓަރ)
  2. ހދ. ރުއްފުށި (0.48 ހެކްޓަރ)
  3. ހދ. ކަނަމަނަ (3.10 ހެކްޓަރ)
  4. ހދ. ކައްޓަލަފުށި (4.30 ހެކްޓަރ)
  5. ހދ. ކުރެދިގަނޑު (ހުސްކުރެދި) (0.50 ހެކްޓަރ)
  6. ހދ. އިންނަފުށި (2.25 ހެކްޓަރ)
  7. ހދ. ވެލިގަނޑު (ވެލިގައު) (0.10 ހެކްޓަރ)
  8. ހދ. ފެންބޯހުރާ (8.10 ހެކްޓަރ)
  9. ދ. ބޯރިކިފިނޮޅު (0.01 ހެކްޓަރ)
  10. ދ. އާރަށް (ސަރަކަފުށި) (1.00 ހެކްޓަރ)
  11. ބ. ގެމެންދޫ (1.18 ހެކްޓަރ)
  12. ގއ. ދެއްވަލާބަދޫ (8.50 ހެކްޓަރ)

ބިޑްފޯމް ވިއްކުން ހަމަ ޖެހިފައިވަނީ 12 އޭޕްރީލް 2018 (ބުރާސްފަތި) ދުވަހުން ފެށިގެން 26 އޭޕްރީލް 2018 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް މި މިނިސްޓްރީންނެވެ.

ބިޑް ފޯމެއްގެ އަގަކީ 20/-  (ވިހި) ރުފިޔާ އެވެ.

މަޢުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުމާއި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚްތައް ތިރީގައި އެވަނީ އެވެ.

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚް

25 އޭޕްރީލް 2018 (ބުދަ)

ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

29 އޭޕްރީލް 2018 އިން 02 މެއި 2018 ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެދުނު 9:00 އިން 12:00 އަށް،

ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚް

06 މެއި 2018 (އާދީއްތަ)

ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި މި މިނިސްޓްރީން ފަހުން އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ. 

10 އޭޕްރިލް 2018