މުބާރާތް
ނަންބަރު: MBA/IUL/2018/09
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 23 އޭޕްރިލް 2018 14:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
6 ވަނަ އިންޓަރ ސްކޫލް 3 އޮން 3 ޗެމްޕިއަންޝިޕް 2018

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 1 މެއި 2018 ގައި ފެށުމަށް ހަމަޖެހިފައިވާ 6 ވަނަ އިންޓަރ ސްކޫލް 3 އޮން 3 ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން 22 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އެނގޭގޮތަށް ލިއުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި 23 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޓީމްލިސްޓް ހުށަހެޅުއްވުން އެދެމެވެ.

މިމުބާރާތުގެ ޤަވާއިދާއި ޓީމްލިސްޓް ހުށަހަޅާ ފޯރމްގެ އިތުރުން މުބާރާތާއިބެހޭ މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

މިމުބާރާތް ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ އުމުރު ފުރާތަކަށެވެ.

 

14 އަހަރުން ދަށް ( އަންހެން / ފިރިހެން )

16 އަހަރުން ދަށް ( އަންހެން / ފިރިހެން )

10 އޭޕްރިލް 2018