ޢާންމު މަޢުލޫމާތު
ނަންބަރު: A-381/2018/20
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 19 އޭޕްރިލް 2018 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

އިޢުލާން

މަޤާމް :            މަސައްކަތު .(ވަގުތީ)

ކޮންޓްރެކްޓްގެ މުއްދަތު:  01 އަހަރު

ބޭނުންވާ ޢަދަދު :  01 (18 އަހަރު ފުރި 65 އަހަރު ނުފުރޭ ބޭފުޅުން)

ރޭންކް :      އެސް.އެސް 1

ކްލެސިފިކޭޝަން:    ސަޕޯޓް ސްޓާފް

އޮފީސް/ އިދާރާ :   ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ސެކްޝަން / ޔުނިޓް :  އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ (ކުޑަހުވަދޫ ރަސްމީ ފުޓްބޯޅަދަނޑު)

 

މަޤާމުގެ ޝަރުޠުތައް:

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،

2- ގިނަވަގުތުގައި މަސައްކަތުގައި ހޭދަކުރުން

 

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ.

1- ކޮންމެ ދުވަހަކު 1 ފަހަރު ދަނޑަށް ފެންޖެހުމުގެ މަސައްކަތްކުރުން

2-ކޮންމެ ދުވަހަކު މަދުވެގެން 3 ގަޑީއިރު ވިނަނޮޅުމުގެ މަސައްކަތްކުރުން

3- ހަފްތާއަކު 2 ދުވަހު ދަނޑަށް ބޭސްޖެހުމުގެ މަސައްކަތްކުރުން

4-ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެ މަތިން އިތުރު ގަޑީގައި މަސައްކަތް ކުރުން.

5- މަސައްކަތްކުރަންޖެހޭ ދަނޑުގައި ފުޓުބޯޅަ މުބާރާތެއް ހިނގާނަމަ ކައުންސިލުން ކަނޑައަޅާގޮތަކަށް އެމަސައްކަތުގައި ބައިވެރިވުން. 

6- ހަފްތާއަކު 1 ދުވަހު ދޮޅިދާންގެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. 

7- އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.       

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

      ތައުލީމާއި ،ތަމްރީން ، މަސައްކަތު ތަޖްރިބާ ،މަސައްކަތުގެ ހުނަރާއި ،ފެންވަރާއި ޤާބިލްކަމާ ސިފަތަށް  މިބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް : (މެރިޓް އުޞޫލުން )

 

އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި ،މުއްދަތު:

   އިންޓަވިޔުއޮންނާނީ  2018 އޭޕްރިލް 22 ން ފެށިގެން ރަސްމީ 5 ދުވަހުގެ  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  2018 އޭޕްރީލް 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

 

އުޖޫރައާއި ޢިނާޔަތް ތައް :

އަސާސީ މުސާރަ: މަހަކު 3100.00 ރުފިޔާ

އެލަވަންސް   މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 60.00 ރުފިޔާ

މީގެ އިތުރުންވެސް އިތުރު ގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް.

2-ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3-ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4-ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5-ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.

ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ.   އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.

ނޯޓު:  މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް 01 އަހަރުދުވަހުގެ  މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.

 

       މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ  6760667 / 6760522 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.

10 އޭޕްރިލް 2018