ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2018/031
އިޢުލާނު
ސްކޫލް ގޯތިތެރޭ ވޯކްވޭ ހެދުމާ ބެހޭ
މި ސްކޫލުންދޭ ކުރެހުމާ އެއްގޮތަށް މިސްކޫލްގެ ގޯތިތެރޭގައި ވޯކްވޭ ހަދައި، ފެންހިންދާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރ GS60(B)/2018/020 އިޢުލާނަށް ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝަޢުޤް ވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
15 އޭޕްރީލް 2018 |
11:00 ހެނދުނު |
ހަނިމާދޫ ސްކޫލް އޮފީސް |
އަންދާސީ ހިސާބު ހުށައެޅުން |
19 އޭޕްރީލް 2018 |
11:00 ހެނދުނު |
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ރަޖަބު 1439
10 އޭޕްރީލް 2018