ޢާންމު މަޢުލޫމާތު
ނަންބަރު: 70 (IUL)94-V/94/2013/
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2013
ޕަބްލިޝްކުރި ގަޑި: 19:28
ސުންގަޑި:
31 ޑިސެންބަރު 2014 00:00
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީގެ ޚިދުމަތްދޭ ތަންތަނުގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫނުކުރާގޮތަށް ހަމަޖެއްސުން
އިޢުލާން
ސެކިއުރިޓީގެ ޚިދުމަތްދޭ ތަންތަނުގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލް މިއަދުން ފެށިގެން ދޫނުކުރާގޮތަށް ހަމަޖައްސައި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
މިކަން މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ސެކިއުރިޓީގެ ޚިދުމަތްދޭ ތަންތަނުގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ދޫކޮށްފައިވާ ކޯޓާގެ ދަށުން އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ރާއްޖެ ގެނެސްފައިވާ ބިދޭސީން 31 ޑިސެންބަރު 2014 ގެ ކުރިން ރާއްޖޭން ފުރުވާލުމަށްފަހު، އެމްޕްލޯއިމަންޓް އެޕްރޫވަލް ކެންސަލްކުރުމަށް ގަވާއިދުން ހުށަހެޅުއްވުމަށް ދެންނެވީމެވެ.
27 މުހައްރަމް 1435
01 ޑިސެންބަރު 2013