ތަމްރީނު
ނަންބަރު: (IUL)438/438/2018/133
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 23 އޭޕްރިލް 2018 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފުވައްމުލައް ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަރަކާތްރިވާނެ ޓުއަރ ގައިޑުން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

ނަންބަރު: IUL)438/438/2018/133)

އިޢުލާން

ފުވައްމުލައް ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަރަކާތްރިވާނެ ޓުއަރ ގައިޑުން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

މި ތަމްރީން ޕްރޮގްރާމްއަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ކުރިޔަށް ގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން ފުވައްމުލަކުގައި ހިމާޔަތްކޮށްފައިވާ ބަންޑާރަ އަދި ދަޑިމަގި ކިޅި ސަރަހައްދުގައި ޓުއަރ ގައިޑުން ތަމްރީން ކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ. ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން އެޑްމިނިސްޓަރކޮށް މި މިނިސްޓްރީން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ބަންޑާރަ އަދި ދަޑިމަގި ކިޅި ހިމެނޭ ގޮތަށް ފުވައްމުލައް ނޭޗަރ ޕާކެއް ގާއިމްކުރެވިގެންދާއިރު އެސަރަހައްދުގެ މާހައުލާއި އަދި އާސާރީ ތަންތަނާއި ގުޅޭ މަޢުލޫމާތު ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައި ދިނުމަށް ޓުއަރތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.  

މިގޮތުން މި ތަމްރީން ޕްރޮގްރާމަކީ ފުވައްމުލައް ނޭޗަރ ޕާކުގައި ހަރަކާތްތެރިވާނެ ޓުއަރ ގައިޑުން ތަމްރީންކުރުމަށްޓަކައި ބޭއްވޭ ފުރަތަމަ ޕްރޮގްރާމެވެ.

މިފަދަ ޓްރެއިނިންގ ތަކުގައި ބައިވެރިވެ، ފުރިހަމަކުރާ ފަރާތްތަކަށް ކުރިޔަށްއޮތް ތަނުގައި ފުވައްމުލައް ނޭޗަރ ޕާކަށް މުވައްޒަފުން ނެގުމުގައި އިސްކަންދެވޭނެއެވެ.

ޓްރެއިނިންގައި ހިމެނޭ ކަންތައްތައް:

  1. ތަނުގެ މާހައުލާއި އާސާރީ ތަންތަނުގެ މަޢުލޫމާތު
  2. ޓުއަރތައް ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތު
  3. ޒިޔާރަތްކުރާ ފަރާތްތަކާއި މުޢާމަލާތްކުރާނެ ގޮތުގެ މަޢުލޫމާތު

މި ޕޮރޮގުރާމްގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  • ފުވައްމުލަކުގައި ދިރިއުޅޭ ރައްވެއްސަކަށް ވުން

ކޯހުގެ މުއްދަތު:

30 އެޕްރީލް އިން 02 މޭ 2018 އަށް (03 ދުވަސް)

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ސާފުކޮށް ކިޔަން އެނގޭނެ ކޮޕީއެއް

އެޕްލިކޭޝަން ފޯމް ލިބޭނީ:

  • ފުވައްމުލައް ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (ނަރުގިސް މަގު، ފުވައްމުލައް، ދިވެހިރާއްޖެ)

ހުށަހަޅަންޖެހޭ އޮފީސް:

  • ފުވައްމުލައް ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (ނަރުގިސް މަގު، ފުވައްމުލައް، ދިވެހިރާއްޖެ)

ސުންގަޑި:

  • 23 އެޕްރީލް 2018، 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

  • 3018443 ގުޅުއްވުން އެދެމެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފޯމު ހުށަހަޅާ ފުރަތަމަ 5 ފަރާތަށް އިސްކަންދެވޭނެއެވެ. މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާނަމަ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 23 އެޕްރީލް 2018 ގެ 14:00 ގެ ކުރިން ފުވައްމުލައް ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، (ނަރުގިސް މަގު، ފުވައްމުލައް، ދިވެހިރާއްޖެ) އާއި ހަވާލު ކޮށްދެއްވުން އެދެމެވެ.

 

10 އެޕްރީލް 2018

 

10 އޭޕްރިލް 2018