ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2018/6
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 01 މޭ 2018 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ކެނޑުމަށް ހަމަޖެހިފައިވާ މަގުތަކަށް އަރާ ރުއްގަސް ނެގުމާއި ގުޅޭ

                         ދ.ބަނޑިދޫ މީހުން ދިރިއުޅޭ ސަރަޚައްދުން އަލަށް ކެނޑުމަށް ހަމަޖެހިފައިވާ މަގުތަކަށް އަރާ ރުއް/ގަސް ކެނޑުމުގެ މަސައްކަތް މިކައުންސިލުން މިގެންދަނީ ކުރަމުންނެވެ. މިހާރު ކެނޑުމަށް ހަމަޖެހިފައިވާ ރުއްތައް ފާހަގަކުރުމަށް 1 އިން ފެށިގެން 585 އާއި ހަމައަށް ކޮންމެ ރުކެއްގައި ކަނޑު ނޫކުލައިން ނަންބަރު ޖަހާފައިވާނެއެވެ. މިދެންނެވި ރުއް/ގަސް ހުރި މަގުތަކުގެ ޗާޓެއް މިއިޢުލާން އާއެކު މިވަނީއެވެ.

                         ވީމާ، މިދެންނެވިގޮތަށް ނަންބަރު ޖަހާފައިހުރި ރުއްގަހުގެ ވެރިފަރާތްތަކުން  ރުކުގައި ޖަހާފައި ހުރި ނަންބަރު އަދި އެއީ އެފަރާތެއްގެ ރުކެއްކަން އެނގޭނޭ ދެ ހެކިވެރިންގެ މަޢުލޫމާތާއެކު 01 މެއި 2018 ވަނަ ދުވަހުގެ ކުރިން މިޢިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.

                        މިދެންނެވި ތާރީޚާއި ހަމައަށް ސިޓީ ހުށަނާޅާ ރުއްގަސް އެއީ ވެރިފަރާތް ނެތް، ރައްޔިތުންގެ ރުއްގަސްކަމުގައި ބަލާ ކަނޑާލެވޭ ވާހަކަ ދަންނަވަމެވެ.

                            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 އޭޕްރިލް 2018