މުބާރާތް
ނަންބަރު: (IUL)160-A/1/2018/31
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 19 އޭޕްރިލް 2018 14:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
'އައްނޫރުލް މުބީން' ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްޘީލު ކުރާ ފަރާތެއް ހޮވުމާބެހޭ

'އައްނޫރުލް މުބީން' ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތުގައި

ދިވެހިރާއްޖެ ތަމްޘީލު ކުރާ ފަރާތެއް ހޮވުމާބެހޭ

 

މި އަހަރުގެ މޭ 11 ން 17 ށް، ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލް އަޤްވާމީ ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްޘީލު ކުރާނެ ފަރާތެއް ހޮވުމަށް ބޭނުން ވެއެވެ. މިފަދަ ފަރާތެއް ހޮވުމަށްޓަކައި ބާއްވާ 'ތަޞްފިޔާ' އެއް 1 މޭ 2018 ވަނަ ދުވަހު އޮންނާނެއެވެ. މި ތަޞްފިޔާގައި ބައިވެރިވާ ފަރާތްތަކުން 19 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ؛

  1. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ތަޞްފިޔާއިން އެންމެ މަތީ މާކުސް ހޯދާ ފަރާތްކަމުގައިވުން.
  2. ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއް ކަމުގައި ވުން.
  3. ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަން އެނގުން

 

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އެޕްރީލް 19 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

09 އޭޕްރިލް 2018