މަސައްކަތް
ނަންބަރު: (IUL)292-MU/292/2018/17
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި:
12 އޭޕްރިލް 2018 14:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ގެނައުމާބެހޭ
އިޢުލާން
އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހާފިޡަކު ގެނައުމާބެހޭ
1439 ވަނަ އަހަރުގެ ރަމަޟާންމަހު ނ.މިލަދޫގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިންބޭރުން ހާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 01 އޭޕްރީލް 2018 ވަނަ ދުވަހު ކުރި އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަންފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޚަރަދުތަކުގެ ތަފުޞީލު ބަޔާންކޮށް ރަސްމީ ލިޔުމަކުން މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7954080 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
22 ރަޖަބު 1439
08 އޭޕްރީލް 2018
08 އޭޕްރިލް 2018