ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/2018/3
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 19 އޭޕްރިލް 2018 13:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ވަޒީފާގެ ފުރުސަތު

                       

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

08 އެޕްރީލް 2018

ނަންބަރު

(IUL)168-CA/1/2018/3

ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓް

މަޤާމު:

އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ  

ކޮމިޝަންގެ ސެކްރެޓަރީގެ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮމިޝަނުން ގަންނަންޖެހޭ ތަކެތި ލަސްނުކޮށް ރިކުއެސްޓް ލިބޭތާ ލަސްވެގެން 1 ދުވަހުގެ ތެރޭގައި ގަންނަންޖެހޭ ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ގަންނަ ތަކެތި ލިބުމުން ސްޓޮކް ބަލަހައްޓަ މުވައްޒަފާއި ޙަވާލުކުރުން.
  2. ކޮމިޝަންގެ އެކި ޚިދުމަތްތަކަށް ބޭނުންވާ ޕީއޯއާއެކު ބޭނުންވާ ކޯޓޭޝަން ހަމަވާތާ ލަސްވެގެން 1 ދުވަހުގެ ތެރޭގައި ތައްޔާރުކުރުމުގެ މަސައްކަތް ކުރުމާއި، ޕީއޯތައް ފައިލްކޮށް ބަލަހައްޓައި ބިލް ލިބުމުން ބޭނުންވާ ސަޕޯޓިންގ ޑޮކިއުމަންޓްތަކާއިއެކު ބަޖެޓް މުވައްޒަފުންނަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޙަވާލުކުރުން.
  3. ކޮމިޝަންގެ ހަރުމުދާ ބަލަހައްޓަނީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބަލައި އެމަސައްކަތް ޤަވާއިދާއި އެއްގޮތަށް ކުރުން.
  4. ކޮމިޝަނުގެ އެންމެހައި މުވައްޒަފުންނަށް ބޭނުންވާ ފަރުނީޗަރު، ކޮމްޕިއުޓަރ އަދި އެހެނިހެންވެސް ތަކެތި މުވައްޒަފުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ޤަވާއިދުން ކުރުން.
  5. ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކޮށް މިނިޒާމްގެ ދަށުން މިތަކެތި ބެލެހެއްޓުން.
  6. ހަރުމުދަލުގެ އިންވެންޓްރީ ކޮންމެ މަހަކު އެއްފަހަރު އަޕްޑޭޓްކޮށް، ޑިރެކްޓަރާއި ހިއްސާކުރުން.
  7. ކޮމިޝަނުން ބާއްވާ އެކިއެކި ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާތަކަށް ތައްޔާރުވުމުގައި ފޯރުކޮށްދޭންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖައްސައި މި ޕްރޮގްރާމްތަކަށް ބޭނުންވާތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ކޮމިޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.
  9. އަހަރުން އަހަރަށް ހަދަންޖެހޭ ޕްރޮކިއުމަންޓާއި ގުޅުންހުރި ފޮތްތަކާއި ފައިލްތައް ޤަވާއިދުން ހަދައި ބެލެހެއްޓުން.
  10. ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނަށް ދެވޭ އިންޝުއަރެންސްގެ ކަންކަން ބެލެހެއްޓުމާއި، އިންޝުއަރެންސްގެ ޚިދުމަތް ހަރުދަނާކުރުމަށް ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުން.
  11. އެމް.އޭ.އޭ އާއެކު ކުރަންޖެހޭ ފައިސާގެ މުޢާމަލާތްތައް ބަޖެޓް މުވައްޒަފުން ނެތް ޙާލަތްތަކުގައި ކުރުން.
  12. ކޮމިޝަނުގެ ފަރާތުން ބޭންކަށް ގޮސް ކުރަންޖެހޭ ފައިސާގެ މުޢާމަލާތުތައް މި މަސައްކަތްކުރާ މުވައްޒަފުން ނެތް ޙާލަތްތަކުގައި ކުރުން.
  13. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  14. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ އެޓެސްޓްކޮށްފައިވާ ލިޔުން.

ސުންގަޑި

2018 އެޕްރީލް 19 ވަނަ ދުވަހުގެ 13:30 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  2. ސާރވިސް އެލަވަންސް އަދި ލިވިންގ އެލަވަންސް ލިބޭނީ ޕްރެބޭޝަން މުއްދަތު ނިމި ވަޒީފާ ދާއިމީ ވާ ދުވަހުން ފެށިގެންނެވެ.
  3. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މިމަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
  5.  ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން ދަންނަވާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  6. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  7. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  8. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  9. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  10. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
       

                   

 

 

 

 

08 އޭޕްރިލް 2018