ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-A2/1/2013/34
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2013
ޕަބްލިޝްކުރި ގަޑި: 19:17
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެން.ސީ.އޭ ޕްރެކްޓިސް ރޫމްގައި ޕްރެކްޓިސް ކުރުމުގެ ފުރުޞަތު ހުޅުވާލުން

މިއުޒިކް ކުޅޭ ފަރާތްތަކަށް ޚާއްޞަކޮށްގެން އެން.ސީ.އޭ ގެ ޕްރެކްޓިސް ރޫމް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން "ޕްރެކްޓިސް ރޫމް ހޯދުމަށް އެދި ހުޅަހަޅާ" ފޯމު ފުރިހަމަކުރެއްވުމަށްފަހު އެން.ސީ.އޭގެ ރިސެޕްޝަނާ ޙަވާލުކުރެއްވުން އެދެމެވެ.

ފޯމު ލިބިވަޑައިގަންނަވާނީ އެން.ސީ.އޭގެ ރިސެޕްޝަނުންނެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 3344667، 3343832 ނުވަތަ 3313456 ނަންބަރު ފޯނަށެވެ.

03 ޑިސެންބަރު 2013