މަސައްކަތް
ނަންބަރު: (IUL)257/257/2018/14
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2018
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 12 އޭޕްރިލް 2018 00:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު ސްޕޯޓްސް އެރީނާގެ ފުޓުސަލް ދަނޑުގެ ދެ ގޯލް ފުރަގަހުގައި ދަގަނޑު ހޮޅި ވެލްޑްކޮށް ފެންސު ޖެހުން

ހއ.ބާރަށު ސްޕޯޓްސް އެރީނާ ފުޓުސަލް ދަނޑުގެ ދެ ގޯލް ފުރަގަހުގައި ދަގަނޑު ހޮޅި ވެލްޑްކޮށް ފެންސު ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

                ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ

09 އޭޕްރީލް 2018 )ހޯމަ) ދުވަހުގެ 13:00 އަށް.

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ

12 އޭޕްރީލް 2018 (ބުރާސްފަތި) ދުވަހުގެ 13:00 އަށް.

 

    

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

          

 

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

              11 ރަޖަބު 1439

               28 މާރިޗު 2018

28 މާރިޗު 2018