މަސައްކަތް
ނަންބަރު: (IUL)311/311/2018/21
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި:
12 އޭޕްރިލް 2018 12:30
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުނިކޮށްޓަށް ކުނި އުފުލައިދޭނެ ފަރާތެއް ބޭނުންވެއްޖެ
މިރަށުގެ ގޭބިސީތަކާއި ސަރުކާރުގެ އިދާރާތަކާއި ހޮޓާ ކެފޭ ފަދަ ތަންތަނުން ނެރޭ ކުނި އަމިއްލަ އުޅަނދެއްގައި އަމިއްލަ މުވައްޒަފުން ބޭނުންކޮށްގެން ކަނޑައެޅޭ ދުވަސްތަކެއްގައި ކުނިކޮށްޓަށް ގެންގޮސް ތަރުތީބުކޮށް އެކިބައިބައި ވަކިވަކިން ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 12 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ 1 އަންދާސީ ހިސާބެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑިގައިނަމަ 6580072 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
08 އޭޕްރިލް 2018