ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)398/398/2018/13
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 19 އޭޕްރިލް 2018 13:30
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

`                    

ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ

ލ. މުންޑޫ

ދިވެހިރާއްޖެ                                                                        ނަމްބަރ: IUL)398/398/2018/13 )               

އިޢުލާން

 

ވަޒީފާގެ ފުރުޞަތު   

މަޤާމް:

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ (ވަގުތީ)

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯސިއަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ

މުއްދަތު:

3 (ތިނެއް) މަސް

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      މައިގަނޑު މަސައްކަތް:

2-      ޝެކުޝަނުގެ ދަށުގައިވާ މުވައްޒަފުންގެ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުން.

3-      ތަރައްޤީގެ މަޝްރޫއުތަކާއި މަސައްކަތްތައް ކަނޑައެޅި ހަމަޖެހިފައިވާ ގޮތުގެ މަތިން ހިންގުމާއި ބެލެހެއްޓުން.

4-      ޢިމާރާތްކުރުމުގެ ހުއްދަ ދިނުމުގެ ކަންތައްތައް ހިންގުމާއި ބެލެހެއްޓުން.

5-      ބިންޕްލޭން ކުރުމާއި، ކުލޫބިމާއި، ޚާއްޞަ މަސައްކަތްތަކަށް ދޫކުރާ ބިމުގެ ކަންތައްތައް ބެލެހެއްޓުން.

6-      ބޯހިމެނުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.

7-      މަސްވެރިކަމާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

8-      ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.

9-      އިދާރާއަށް ބޭނުންވާ ތަކެތި ހޯދުމާއި ސްޓޮކް ބެލެހެއްޓުން.

10-  ގުޅުންހުރި މަސައްކަތްތަކުގެ ލިޔުންތަކާއި، ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި ފައިލްކުރުން.

11-  ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރަތްތަކާއި ތަންތަނުގެ މެއިންޓަނަންސް ކަންތައްތައް ރިޕޯޓްކުރުން.

12-  އެކިއެކި ސާވޭތަކުގެ މަސައްކަތްތައް ބެލެހެއްޓުން.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު ނުވަތަ ތާރީޙް ކަނޑައެޅި ހަމަޖެހުމުން މަދުވެގެން 2 ދުވަސް ކުރިން މިމަގާމަށް އެދުނު ފަރާތްތަކަށް ލިއުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 19 އޭޕްރީލް 2018 ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މުންޑޫ ކައުންސިލްގެ އިދާރާއަށެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1-      ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ.

2-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

      (ހ) ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ސެޓުފިކެޓާއި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ކޯސްހަދާ ތަނުން ދޫކުރާ ޓްރާންސްކްރިޕްޓްގެ ކޮޕީ)

     (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް

3-      ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4-      ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

5-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން (އެތަނުގެ ތައްގަނޑު ޖެހި) ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6-      ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

ސިވިލް ސަރވިސް ކޮމިޝަނުން 01 އޭޕްރީލް 2013 ގައި ޢަމަލު ކުރަން ފައްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން. އަދި މި އުޞޫލަށް ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2016/10 ސަރކިއުލާއިން 01 ސެޕްޓެމްބަރު 2016 ގައި ގެނެސްފައިވާ އިޞްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިން.

އިތުރު މަޢުލޫމާތު:

- މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ޙަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800714،  ނަންބަރު ފޯނާއެވެ.

 

                   22 ރަޖަބް   1439

                    8 އޭޕްރީލް 2018

 

 

                                                             ޙުސައިން ޖަޙުޝް 

                                                          ޕްލޭނިންގ އޮފިސަރ

                                                                (ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާއި ވަގުތީގޮތުން ހަވާލުވެހުރި)

08 އޭޕްރިލް 2018