ކުއްޔަށް ދިނުން
ނަންބަރު: (IUL)280-AHR/INDIV/2018/20
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 19 އޭޕްރިލް 2018 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގުގައި ޕްރީ ސްކޫލް ހިންގި އިމާރާތް ކުއްޔަށް ދިނުން

         ށ.ޅައިމަގު ޕްރީ ސްކޫލް ހިންގި އިމާރާތް ކުއްޔަށް ހިފައިގެން އެތަނުގައި އުގަންނައިދިނުމުގެ މަސައްކަތެއް ކުރަން ބޭނުންވާ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)280/INDIV/2018/14 (12 މަރޗް 2018) އާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

         ވީމާ، މިރަށު  ޕްރީ ސްކޫލް ހިންގި އިމާރާތް  ކުއްޔަށް  ހިއްޕަވަން  ބޭނުންފުޅުވާ  ފަރާތްތަކުން 10 އޭޕްރިލް 2018 ވާ އަންގާރަ ދުވަހުގެ 13.00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 19 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ 13.00 ށް ކުލި ހުށަހަޅުއްވާ ފޯމް ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ.

         މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. މަޢްލޫމާތު ސާފު ކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ.

         މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

 

05 އޭޕްރިލް 2018