މަސައްކަތް
ނަންބަރު: (IUL)280-AHR/INDIV/2018/19
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 21:50
ސުންގަޑި: 16 އޭޕްރިލް 2018 13:30
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދުލް ރަޖާއުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުމާއި ބެހޭ

         1439ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދު ރަޖާއުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡެއް "ރާއްޖެއިންބޭރުން ނުވަތަ ރާއްޖެއިން" ގެނެސް ގެންދިއުމާއި އެފަރާތުގެ ހުރުމާއި ކެއުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީއަގު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭ ގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 10 އޭޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 13:30 އަށް  މިއިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 16 އޭޕްރީލް 2018 ވާ ހޯމަ ދުވަހުގެ 13:30 އަށް  މިއިދާރާއަށެވެ.

         މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ. މަޢްލޫމާތު ސާފު ކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ.

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

05 އޭޕްރިލް 2018