މަސައްކަތް
ނަންބަރު: (IUL)WDC(2)/2018/04
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 12 އޭޕްރިލް 2018 13:30
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫގެ އަންހެން ކަނބަލުންނަށް ދަބަސްފަހަން ދަސްކޮށްދޭ ކޯސް ހިންގުމަށް އިންސްޓްރަކްޓަރެއް ހޯދުން

އިޢުލާން

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫސިޓީގެ އަންހެން ކަނބަލުންނަށް، ދަބަސް ފަހަން ދަސްކޮށްދޭ ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)WDC(2)/2018/03 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް، މިފުރުޞަތު އަލުން ހުޅުވާލައި މިކަން ޢާއްމުކޮށް އިޢުލާނުކުރީމެވެ.  

މި ކޯހަކީ އައްޑޫސިޓީގެ 70 އަންހެން ކަނބަލުންނަށް 06 ވައްތަރުގެ ދަބަސް ފަހަން ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ. އެހެން ކަމުން މިކޯސް ހިންގައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 

- ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މަޢުލޫމާތު.

- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާޞިލު ކުރެވޭނެ މިންވަރު.

- ކޯސް ކުރިޔަށް ގެންދާނެގޮތް.

- ކޯހުގެ މުއްދަތު.

- ކޯސް ހިންގައިދޭނޭ އަގު.

މާރކުސް ދެވޭނެގޮތް:

- އަގު %30

- ތަޖުރިބާ %30

- މުއްދަތު %20

- ހުށަހެޅުން %20

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 12 އޭޕްރީލް 2018 ވާ  ބުރާސްފަތި ދުވަހުގެ 13:30 އަށް ކައުންސިލް އިދާރާގައި ހުންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތު (12 އޭޕްރީލް 2018 ވާ  ބުރާސްފަތި ދުވަހުގެ 13:30 ) ގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ރަޖަބް 1439

05 އޭޕްރިލް 2018