މަސައްކަތް
ނަންބަރު: L3MC/2018/01
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 15 އޭޕްރިލް 2018 10:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެއަރކަންޑިޝަންތައް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދަން

ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫ މެޖިސްޓްރޭޓް ކޯޓް

          ނަންބަރު: L3MC/2018/01

 

އިޢުލާން

 

                           މިކޯޓުގައި ހަރުކުރެވިފައިވާ 04 އެއަރކަންޑިޝަންގެ އިންޑޯ އަދި އައުޓްޑޯ ޔުނިޓް ނައްޓާ ކެމިކަލް ބޭނުންކޮށްގެން ދޮވެ ސާފްކޮށް، ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

                          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 އެޕްރީލު 15 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިކޯޓަށް ޙާޟިރުވެ، މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 2018 އެޕްރީލު 18 ވާ ބުދަ ދުވަހުގެ 09:00 އަށް މިކޯޓަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފްކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުންޏެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާނަމަ، އެޙާޟިރުވާ ފަރާތަކީ އެކުންފުންޏަކުން ޙާޟިރުވާ ފަރާތެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

19 ރަޖަބު 1439 ހ

05 އޭޕްރީލް 2018 މ

05 އޭޕްރިލް 2018