ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)227-ID/227/2018/22
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 15 އޭޕްރިލް 2018 14:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތްކޮށް އުޅޭ ކުންފުނިތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ވަކިވަކި ފަރުދުންގެ ދަފްތަރެއް އެކުލަވާލުން

އިޢުލާން

           މި އިދާރާއިން ޢާއްމުކޮށް އިޢުލާންކޮށްގެން ނުވަތަ ދަޢުވަތު ދީގެން ހުޅުވާލެވޭ ފުރުޞަތުތަކުގައި ބައިވެރިވެ އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބޭނުންވެލައްވާ އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަސައްކަތްކޮށް އުޅޭ ކުންފުނިތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ވަކިވަކި ފަރުދުންގެ ދަފްތަރެއް މިއިދާރާގައި އެކުލަވާލުމަށް ބޭނުންވެއެވެ.

           ވީމާ، މި ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ މިފަދަ މަސައްކަތްކޮށް އުޅޭ ކުންފުނިތަކާއި، ލޯކަލް އިންވެސްޓްމަންޓްތަކާއި ވަކިވަކި ފަރުދުން 2018 އޭޕްރިލް 15 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.

           ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް (shaviyani.gov.mv)އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                18 ރަޖަބު  1439

04 އޭޕްރިލް 2018