މަސައްކަތް
ނަންބަރު: HAAH-A(IUL)/2018/04
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 15 އޭޕްރިލް 2018 11:00
ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ރަމްޒްކޮށްދޭ މޮނިއުމަންޓެއް ހެދުމާއި ބެހޭ

ހއ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ރަމްޒްކޮށްދޭ މޮނިއުމަންޓެއް ހެދުމާއި ބެހޭ

     ހއ. އަތޮޅު ހޮސްޕިޓަލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މޮނިއުމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެދި މިހޮސްޕިޓަލްގެ ނަންބަރ HAAH-A(IUL)/2018/03 ތާރީޚް (22 މާރޗް 2018)ގެ އިއުލާނަށް އެއްވެސް ފަރާތަކުން މައުލޫމާތު ސާފު ކުރުމަށް ހާޒިރު ވެފައިނުވާތީވެ، އެ އިއުލާން ބާތިލްކޮށް އަލުން މޮނިއުމަންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށްޓަކައި އިއުލާން ކުރަމެވެ.

     ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އެޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 11:00 ށް ހއ އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މައޫލޫމާތު ސާފު ކުރެއްވުމަށްފަހު ،15 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 11:00 ށް ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތް ކުރުމަށްޓަކައި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، އަދި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.        

 

 

05 އޭޕްރިލް 2018