ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2018/22
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:50
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިލޭ ސާބަހަށް ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް މިސްކިތަށް ޙާފިޡަކު ގެނައުމުގެ ފުރުޞަތު ހުޅުވާލުން

ހިލޭ ސާބަހަށް ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް މިސްކިތަށް ޙާފިޡަކު ގެނައުމުގެ ފުރުޞަތު ހުޅުވާލުން

 

  މިއަހަރު މިރަށު މަސްޖިދުލް ބަރަކާތުގައި ޙިފްޒުކޮށް ތަރާވީޙް ނަމާދުކުރާނެ ފަރާތެއް ހިލޭސާބަހަށް މިރަށަށް ގެނެސްދީ އެފަރާތްތަކުގެ ކެއިންބުއިމުގެ ޚިދްމަތް ކައުންސިލާއި ގުޅިގެން ދަރުމައަށް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން އަންނަނިވި ބައިތަކަށް ނުވަތަ ވަކިވަކި ޚަރަދުގެ ގޮތުގައި ފައިސާގެ އެހީދިނުމަށް ނުވަތަ ޢަމަލީ ގޮތުން އެކަންކަން  ކޮށްދިނުމަށް އެހީދޭ ފަރާތްތަކަށް ހުށަހެޅިދާނެއެވެ.

  • ޙާފިޡަކު ރާއްޖެއިން ބޭރުން ގެނައުމަށް ކުރަންޖެހޭ ޚަރަދުތަކާއި އެފަރާތަށް ދެވޭ އެލަވަންސް
  • ޙާފިޡަކު ރާއްޖެއަށް އައުމުން މާލޭގައި މަޑު ކުރުމުގެ ޚަރަދާއި ރަށަށް އައުމުގެ ދަތުރު ޚަރަދާއި އެނބުރި މާލެ ދިއުމުގެ ޚަރަދު
  • ޙާފިޡްގެ 01 މަސް ދުވަހުގެ ހުރުން ( މިސާލަކަށް ކޮޓަރި ކުލި )
  • ޙާފިޡްގެ 01 މަސްދުވަހުގެ ކެއިންބުއިމުގެ ކަންކަން.

 

ޙާފިޡަކު ގެނައުމުގައި އެހީދޭ ފަރާތްތަކުން ދެވެން އޮތް އެހީގެ ބާވަތްތައް ވަކިވަކިންވެސް ނުވަތަ އެ ޙާފިޡްގެ ހުރިހާ ޚަރަދެއް އެއްކޮށްވެސް ކުރެވިދާނެއެވެ.

      ވީމާ މަތީގައި ދެންނެވިފައިވާ ކަންކަމަށް ޚަރަދު ދެއްވުމަށާއި އެހީ ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަން ބަޔާންކޮށް މި އިދާރާއަށް ލިޔުމުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]  އަށެވެ. މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ފޯން 6840006 އާއި ގުޅުއްވުން އެދެމެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

05 އޭޕްރިލް 2018