މަސައްކަތް
ނަންބަރު: (IUL)438WMPC/438/2018/128
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 15 އޭޕްރިލް 2018 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް (ސާފު ރާއްޖެ)

އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

އާންމު ސަރަހާއްދުތަކަށް ކުނި އެޅުމާއި ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް މިމިނިސްޓްރީން "ސާފު ރާއްޖެ" ނަމުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން އާންމު ސަރަހައްދުތަކާއި މޫދަށް ކުނި އެޅުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ.

އާންމުން ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކުން މަސައްކަތްތަކެއް ރާވާ ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ކުރުމަށް ރާވާ މަސައްކަތްތަކުގެ ތަފްސީލާއި، ޖަމިއްޔާ ނުވަތަ ޖަމާއަތުގެ މަސައްކަތްތަކާއި ހިންގާ ފަރާތްތަކުގެ ވަނަވަރާއި އެކު "ޓާރމްސް އޮފް ރިފަރެންސް" އާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްނިކަލް ޕްރޮޕޯސަލްތައް ވަކި ސިޓީ އުރައެއްގައި އަދި ފައިނޭންޝަލް ޕްރޮޕޯސަލް ދެވަނަ ސިޓީ އުރައިގައި ބަންދުކޮށް 15 އޭޕްރިލް 2018 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަން ކައުންޓަރާއި ހަވާލުކުރެއްވުން އެދެމެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ އީމެއިލްގެ ޒަރިއްޔާއިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުން

ބީލަންތަށް ހުޅުވާނީ  15 އޭޕްރިލް 2018 ވާ އާދީއްތަ ދުވަހުގެ 13:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް، މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" ގައިބަޔާންކޮށްފައިވާ ގޮތަށް ބީލަންހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

05 އޭޕްރިލް 2018