ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-CCD/1/2018/34
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 23:23
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތްދޭ ފަރާތްތައް ރެޖިސްޓްރީ ކުރުމާއި ބެހޭ

މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމާއި، އަދި ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލް ކުދިންނާއި، ބެލެނިވެރިން އަދި ޢާއްމު ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް 2018 އޭޕްރީލް 01 އިން ފެށިގެން ސަރުކާރުން ގެންނެވި ބަދަލާއި ގުޅިގެން، މުދަލާއި ޚިދުމަތުގެ އަގު ބޮޑުވާގޮތަށް ބައެއްފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާތީ، ޢާއްމު ރައްޔިތުންނާއި ވިޔަފާރި ކުރާ ފަރާތްތަކާއި ވިޔަފާރީގެ ޚިދުމަތް ދެއްވާ ފަރާތްތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައި ދިނުމުގެ ގޮތުން، ޤާނޫނު ނަންބަރު 1/96 "މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައްް ޙިމާޔަތްކުރުމުގެ ޤާނޫނު" ގެ 7 ވަނަ މާއްދާގެ (ށ) އިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން 2018 އޭޕްރީލް 05 ވަނަ ދުުުވަހުންފެށިގެން މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގުތައް އެންމެ ބޮޑުވެގެން ނެގޭނެ ރޭޓުތައް ހަމަޖައްސަވައި، ކުރެއްވި އިޢުލާން ނަމްބަރ (IUL)101-FT/1/2018/78: އާއި ގުޅިގެން، އެ އަގުތަކަށް މުދާ ހުސްކުރުމުގެ ޚިދުމަތް ދޭން އެދޭ ފަރާތްތައް އަލުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ.

ވީމާ، މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތް ދެމުންދާ ފަރާތްތައް 7 (ހަތެއް) ދުވަސް ތެރޭގައި ރަޖިސްޓްރޭޝަން ނިންމެވުން އެދެމެވެ. މިމުއްދަތުގައި އަލުން ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުއްދަ ބާޠިލްވާނެ ވާހަކަވެސް ދަންނަވަމެވެ.

18  ރަޖަބު 1439ހ

04 އޭޕްރިލް 2018