ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-FT/1/2018/78 :ނަންބަރު
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 18:32
ސުންގަޑި: 03 މޭ 2018 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގު ކޮންޓްރޯލްކުރުން

(IUL)101-FT/1/2018/78 :ނަންބަރު

އިޢުލާން

 

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގު ކޮންޓްރޯލްކުރުން

މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމާއި، އަދި ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލް ކުދިންނާއި، ބެލެނިވެރިން އަދި ޢާއްމުރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް 2018 އޭޕްރީލް 01 އިން ފެށިގެން ސަރުކާރުން ގެންނެވި ބަދަލާއިގުޅިގެން، މުދަލާއި ޚިދުމަތުގެ އަގު ބޮޑުވާގޮތަށް ބައެއްފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާތީ، ޢާއްމު ރައްޔިތުންނާއި ވިޔަފާރި ކުރާ ފަރާތްތަކާއި ވިޔަފާރީގެ ޚިދުމަތް ދެއްވާ ފަރާތްތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައި ދިނުމުގެ ގޮތުން، ޤާނޫނު ނަންބަރު 96/1 "މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު" ގެ 7 ވަނަ މާއްދާގެ (ށ) އިން މި މިނިސްޓްރީއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން 2018 އޭޕްރީލް 05 ވަނަ ދުވަހުންފެށިގެން މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގުތައް އެންމެ ބޮޑުވެގެން ނެގޭނެ ރޭޓުތައް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖައްސައިފީމެވެ.

1-     ފުލް ކޮންޓެއިނަރ ލޯޑް (FCL) ގައި އެތެރެކުރެވޭ މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގު

ކޮންޓެއިނަރ ގެ ބޮޑުމިން

ހެނދުނު 0600 އިން ރޭގަނޑު 00:00 އަށް

ރޭގަނޑު 00:00 އިން ހެނދުނު 06:00 އަށް

20 ފޫޓް

40 ފޫޓް

20 ފޫޓް

40 ފޫޓް

ޖެނެރަލް ކާގޯ އަދި ބިއްލޫރިޝީޓް ފިޔަވައި އެހެނިހެން ބާވަތްތަކުގެ މުދާ

-/2500ރ

-/5000ރ

-/3000ރ

-/5500ރ

ބިއްލޫރި ޝީޓް

-/4000ރ

-/7000ރ

-/4500ރ

-/7500ރ

2-     ކޮންޓެއިނަރ ގައި އެއްފަރާތަށްވުރެ ގިނަ ފަރާތުގެ މުދާ ހިމެނިގެން (LCL) ގައި އެތެރެކުރެވޭ ވަކި ފަރާތެއްގެ މުދާ ހުސްކުރުމުގެ ޚިދުމަތުގެ އަގު

ބިއްލޫރިޝީޓް ފިޔަވައި ޖެނެރަލް ކާގޯ އަދި އެހެނިހެން ބާވަތްތަކުގެ މުދާ

1 CBM އިން 5 CBM އާ ހަމައަށް CBM އަކަށް -/230ރ

6 CBM އިން 10 CBM އާ ހަމައަށް CBM އަކަށް -/175ރ

11 CBM އަށް ވުރެ އިތުރުނަމަ ކޮންޓެއިނަރ ރޭޓުން އަގު ނެގިދާނެ

ބިއްލޫރި ޝީޓް

1 CBM އިން 5 CBM އާ ހަމައަށް CBM އަކަށް -/250ރ

6 CBM އިން 10 CBM އާ ހަމައަށް CBM އަކަށް -/200ރ

11 CBM އަށް ވުރެ އިތުރުނަމަ ކޮންޓެއިނަރ ރޭޓުން އަގު ނެގިދާނެ

3- ކޮންޓެއިނަރ އަށް ނުލާ އެތެރެކުރެވޭ މުދާ

ދާގީނާއަކަށް -/6ރ

           

 

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ޚިދުމަތުގެ އަގު މި އިޢުލާނުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ ބޮޑުކޮށް ނެގުމަކީ މަނާކަމެއްކަން އަންގައި ޢާއްމުކޮށް އިޢުލާން ކުރީމެވެ.

 

            18‏ ރަޖަބް‏ 1439

            ‏04‏ އޭޕްރިލް‏ 2018

04 އޭޕްރިލް 2018