ދިވެހިރާއްޖެ
ނަމްބަރު: IUL)22-E/1/2018/52)
އިޢުލާން
10 ސްކޫލެއްގެ ޕްލޭކް ބޯރޑްސް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް.
10 ސްކޫލެއްގެ ޕްލޭކް ބޯރޑްސް ތައްޔާރުކޮށް ސަޕްލައިކޮށްދިނުމަށް ކުރެވުނު ނަންބަރު: (IUL)22-G/22/2018/29 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައި ވަނީ އެންމެ ދެ ފަރާތަކުން ކަމުގައިވާތީ އެއިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.
މި މިނިސްޓްރީއިން ދޭ މައުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން 10 ސްކޫލެއްގެ ޕްލޭކް ބޯރޑްސް އަމިއްލަ ތަކެތީގައި ތައްޔާރުކޮށް މި މިނިސްޓްރީއަށް ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 9 އެޕްރިލް 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށައާޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގގެ އެއް ނޯންނާނެއެވެ. މި މަސައްކަތް ކުރުމަށްޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް ޚާއްސަކުރެވިފައިވާޑޮކިޔުމަންޓް (RFQ for Commemorative Plaques IUL.22.E.1.2018.52) ފުރިހަމަ ކޮށް ހުށައަޅަންވާނެއެވެ. މި ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.RFQ ޑޮކޮޔުމަންޓް އަދި ޑިޒައިން ސްޕެކް އެޓޭޗްކުރެވިފައިއެވަނީއެވެ.
މީގެ އިތުރުން މި މިއުލޫމާތު ހޯދުމަށް އަދި މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 8 އެޕްރިލް 2018 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަސައްކަތަށް ހޮވުން:
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވެނީ ވަރލްޑް ބޭންކުގެ " ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯކްސް އަދި ނަން-ކޮންސަލްޓަންޓް ސާވިސަސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341319، 3341318.
– އީމެއިލް: [email protected]