މަސައްކަތް
ނަންބަރު: (IUL)MHCL-P/1/2018/9
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 12 އޭޕްރިލް 2018 10:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ބޭނުންވާ ކަޅު ފޮތި އަދި ހުދު ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ބޭނުންވާ ކަޅު ފޮތި އަދި ހުދު ފޮތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

މިކޯޕަރޭޝަނުން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް މި ކޯޕަރެޝަނަށް ބޭނުންވާ ކަޅު ފޮތި އަދި ހުދު ފޮތި ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ މިފަދަ ތަކެތި ސަޕްލައި ކުރުމުގެ ތަޖުރިބާ އާއި ޤާބިލްކަން ހުރި، ރާއްޖޭގައި ޚިދުމަތް ދޭ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގެ ތަފުޞީލް

ނަން:                 މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ބޭނުންވާ ކަޅު ފޮތި އަދި ހުދު ފޮތި ފޯރުކޮށްދިނުން

ބޭނުންވާ ތަކެތި:          ކަޅު ފޮތި އަދި ހުދު ފޮތި

ބީލަމާއިބެހޭ މަޢުލޫމާތު ދިނުން

12 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓް (10:00) ގައި މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ބީލަން ކަރުދާސް ހުޅުވުން

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 22 އެޕްރީލް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓް (10:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޒިރުގައެވެ.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

މޫކައި ސުއިޓްސް، މ. ސަކައިމޫ، 2ވަނަ ފަންގި ފިލާ، މާލެ 20222، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000 960+

ފެކްސް:  

3011004 960+

އީ-މެއިލް:

[email protected]

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު، ފެކްސް އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މަޢޕުލޫމާތު ހޯއްދެވިދާނެއެވެ. 

04 އޭޕްރިލް 2018