ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2018/21
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 15 އޭޕްރިލް 2018 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ލޯންޗް ކެޕްޓަން އަދި ފަޅުވެރި (ޕްރެޒިޑެންޝަލް ފްލީޓް)

ކޮންޓްރެކްޓް އުޞޫލުން އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރުމަށް މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

 

މަޤާމް

ލޯންޗް ކެޕްޓަން

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/6295 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ،ބީ،ސީ،ޑީގެ ލައިސަންސް ލިބިފައިވުން.

ނިޔަމިކޯސް/ ކޯސްޓަލް ނެވިގޭޝަން ކޯސް ފުރިހަމަ ކޮށްފައިވުން.

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން އިންބޯޑް އިންޖީނުއެޅި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބި 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

އިނގިރޭސިބަހުން ލިޔެފައިހުންނަ ތަކެތި ލިޔަން ކިޔަން އެނގުން.

ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

ފަޅުވެރި

ބޭނުންވާ ޢަދަދު

4

މުސާރަ

(މަހަކު) -/4465 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.

ސަޕޯޓް ސްޓާފް ގްރޭޑް 2 މަޤާމުގައި ލޯންޗް ފަޅުވެރިއެއްގެ ގޮތުން މަދުވެގެން 2 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ބަންދުދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ކޮއްތު އެލަވަންސްއާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުޞޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

 

 

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ، 2018 އެޕްރީލު 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 

18 ރަޖަބު  1439

       04 އެޕްރީލު 2018

04 އޭޕްރިލް 2018