ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2018/87
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 15 އޭޕްރިލް 2018 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ (ކޮންޓްރެކްޓް) 02 މަޤާމަށް މީހުން ހޯދުން

އިޢުލާން

މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 03 މަސް

ބޭނުންވާ އަދަދު

02 (ދޭއް)

މުސާރަ މަހަކު

-/7000

އިތުރު ގަޑީގެ އެލަވަންސް: އާއްމު މަސައްކަތު ގަޑީގެ އިތުރުން މަސައްކަތް ކުރަން ޖެހިއްޖެ ނަމަ މުސާރައިގެ ދިހަ ޕަސަންޓްއަށް ވާ އިތުރު ގަޑީގެ ފައިސާ

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް

މަގާމުގެ ޝަރުތު

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކޭޓް އިމްތިހާނުގައި 'ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ " މުރާޖަޢާ ކޮމެޓީ" ވިލަރެސްކުރުން
  2. ޔުނިޓް އަދި މިނިސްޓްރީގެ ޔައުމިއްޔާ ލިޔުން.
  3. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ހުށައަޅާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުގެތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން.
  4. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން މީޑިޔާގެ ވަޞީލަތްތަކުގައި ގެނަސްދެވޭ ޚަބަރުތަކާއި މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމާއި އެއިގެތެރެއިން މިނިސްޓްރީން ޖަވާބުދާރީވާންޖެހޭ ޚަބަރުތަކުގެ ސަމާލުކަމަށް މިނިސްޓްރީ ގެނައުން.
  5. މިނިސްޓްރީން ރާވައި ހިންގާ ޙަރަކާތްތަކާއި، ކުރާ މުހިއްމު ކަންކަމުގެ މަޢުލޫމާތާއި ޚަބަރު ޢާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ޚަބަރު ތައްޔާރުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރުމަށް ދުވަހުން ދުވަހަށް ސަޕޯޓިން ސާވިސް ސެކްޝަނާ ޙަވާލުކުރުން
  6. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
  7. އޮފީހަށް ލިބޭ ސިޓީ މެސެޖް އަދި އެހެނިހެން ލިއުންތައް ދުވަހުން ދުވަހަށް އެންޓްރީ ކުރުން
  8. މިސްކިތްތަކުގައި ހުކުރު ނަމާދުކުރުމުގެ ކަންތައް ހަމަޖެއްސުން.
  9. ހުކުރު ތާވަލު ކޮންމެ ހަފްތާކު ބުދަ ދުވަހު ސްޕަވައިޒަރގެ ލަފަޔާއެކު ތައްޔާރުކުރުން.
  10. ހުކުރު ޚުތުބާ ޕްރިންޓް ކުރުމަށް ފަހު ބުރާސްފަތި ދުވަހު ހަވާލުކުރުން.
  11. މިސްކިތްތަކުގެ ފޮޅާސާފުކުރުމުގެ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  12. މިސްކިތްތަކާއި ގުޅުން ހުރި ހުރިހާ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.

13. ސަހަރާތައް މަރާމާތުކުރުމުގެ ކަންތައް މާލިޔަތު ޤަވައިދުގައި ވާގޮތުގެ މަތިން ސްޕަވައިޒަރގެ އިރުޝާދާއެކު ކުރުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމް / މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.

 

ސުންގަޑި

  • 2018 އެޕްރީލް 15 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް             ( އިސްލާމީ މަރުކަޒު )

ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020200.3020287 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

18  ރަޖަބް 1439

04 އޭޕްރިލް 2018