ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. ކަލައިދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް 26 މާރޗް 2017 ގައި ކުރި ނަންބަރު ((IUL) 30-G/30/2017/45) އިއުލާނާއި ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަ ނުވާތީވެ، މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ސެކްޝަން: |
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ލ. ކަލައިދޫ |
||
ވަޒީފާގެ މުއްދަތު: |
1 އަހަރު |
||
މުސާރަ: |
ރުފިޔާ ( ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި) 7000 |
||
ޝަރުތު: |
1- ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތައް ޝައުގުވެރިވުން 2- ރަށުގައި ދިރިއުޅެމުންދިއުން 3- 18 އަހަރު ފުރިފައިވުން 4- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއްލިބިފައިވުން (ގްރޭޑް 10 ނިންމާފައިވުން) 5- 18 މަސްދުވަހުގެ މުއަދަތަށް މަޝްރޫޢުގައި މަސައްކަތުގައި ދެމިހުރުން (ޕްރޮބޭޝަންގެ ގޮތުގައި 3 މަސްދުވަހުގެ މަސައްކަތް ބެލުމަށްފަހު ކޮންޓްރެކްޓް އިތުރު ކުރެވޭނެއެވެ.) 6- މޮނިޓަރިންގ މަޢުލޫމާތު ނަގަން އެގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން 7- މޫދުގައި ގިނަ ވަގުތު ހޭދަކުރެވޭ ވަރުގެ ސިއްޙަތު ރަގަޅު ފަރާތަކަށްވުން 8- މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން. |
||
ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް: |
މި މަޤާމްގެ ޝަރުތާއި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި ޢިއުލާން އާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341836 އަށް ގުޅުއްވުން އެދެމެވެ. |
||
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ 2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު 3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ) 4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 8 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން ވަޒީފާއަށް އެދި ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކޮށް ހުށަހަޅުއްއްވާނީ އެރަށެއްގެ ރަށު ކައުންސިލްއަށް ނުވަތަ މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށެވެ. އީމެއިލް ކުރައްވާނަމަ ތިރީގައިވާ އީމެއިލް ފޮނުއްވުން އެދެމެވެ.
މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.
ޕްރޮޕޯސަލް ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ:
ޕްރޮޖެކްޓް ޑިރެކްޓަރ
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް
ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން