މަގާމް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ބާވަތް
|
ކޮންޓްރެކްޓް
|
މުއްދަތު: 03 މަސް
|
ބޭނުންވާ އަދަދު
|
02 (ދޭއް)
|
މުސާރަ މަހަކު
|
-/7000
|
އިތުރު ގަޑީގެ އެލަވަންސް: އާއްމު މަސައްކަތު ގަޑީގެ އިތުރުން މަސައްކަތް ކުރަން ޖެހިއްޖެ ނަމަ، މުސާރައިގެ އަށް ވާ އިތުރު ގަޑީގެ ފައިސާ
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް
|
މަގާމުގެ ޝަރުތު
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކޭޓް އިމްތިހާނުގައި 'ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު
|
- މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ " މުރާޖަޢާ ކޮމެޓީ" ވިލަރެސްކުރުން
- ޔުނިޓް އަދި މިނިސްޓްރީގެ ޔައުމިއްޔާ ލިޔުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް ހުށައަޅާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުގެތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން މީޑިޔާގެ ވަޞީލަތްތަކުގައި ގެނެސްދެވޭ ޚަބަރުތަކާއި މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމާއި އެއިގެތެރެއިން މިނިސްޓްރީން ޖަވާބުދާރީވާންޖެހޭ ޚަބަރުތަކުގެ ސަމާލުކަމަށް މިނިސްޓްރީ ގެނައުން.
- މިނިސްޓްރީން ރާވައި ހިންގާ ޙަރަކާތްތަކާއި، ކުރާ މުހިއްމު ކަންކަމުގެ މަޢުލޫމާތާއި ޚަބަރު ޢާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ޚަބަރު ތައްޔާރުކޮށް، މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރުމަށް ދުވަހުން ދުވަހަށް ސަޕޯޓިން ސާވިސް ސެކްޝަނާ ޙަވާލުކުރުން
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
- އޮފީހަށް ލިބޭ ސިޓީ މެސެޖް އަދި އެހެނިހެން ލިއުންތައް ދުވަހުން ދުވަހަށް އެންޓްރީ ކުރުން
- މިސްކިތްތަކުގައި ހުކުރު ނަމާދުކުރުމުގެ ކަންތައް ހަމަޖެއްސުން.
- ހުކުރު ތާވަލު ކޮންމެ ހަފްތާކު ބުދަ ދުވަހު ސްޕަވައިޒަރގެ ލަފަޔާއެކު ތައްޔާރުކުރުން.
- ހުކުރު ޚުތުބާ ޕްރިންޓް ކުރުމަށް ފަހު ބުރާސްފަތި ދުވަހު ހަވާލުކުރުން.
- މިސްކިތްތަކުގެ ފޮޅާސާފުކުރުމުގެ ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
- މިސްކިތްތަކާއި ގުޅުން ހުރި ހުރިހާ މަސައްކަތްތައް ސްޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
13. ސަހަރާތައް މަރާމާތުކުރުމުގެ ކަންތައް މާލިޔަތު ޤަވައިދުގައި ވާގޮތުގެ މަތިން ސްޕަވައިޒަރގެ އިރުޝާދާއެކު ކުރުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމް / މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.
|
ސުންގަޑި
- 2018 އެޕްރީލް 15 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް (އިސްލާމީ މަރުކަޒު)
ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020200.3020287 އަށެވެ.
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|