ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)394/394/2018/7
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 12 އޭޕްރިލް 2018 10:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުން

                  މިރަށު މަގުތަކާއި ބަނދަރު ސަރަޙައްދުގައި ޖަހާފައިވާ މަގުބައްތިތަށް 2018 ވަނަ އަހަރުގެ ނިޔަލަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްޓަކާ މި އިދާރާއިން ކުރި ނަމްބަރ: (IUL)394/394/2018/7 އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 12 އޭޕްރީލް 2018 ވާ (ބުރާސްފަތި) ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޭޕްރީލް 2018 ވާ (އަންގާރަ) ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

                   މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތަކާއި ގަޑިޖެހުމުގެފަހުން ހުށަހަޅުއްވާ އެސްޓިމޭޓް އަދި ދިވެހިރާއްޖޭގެ ވިޔަފާރިއާއިބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީނުކުރާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޭޕްރިލް 2018