ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HMS/1/2018/30
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 15 އޭޕްރިލް 2018 17:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ (އޮފިސަރ، SO1) ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ (އޮފިސަރ، SO1) މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް
ބޭނުންވާ އަދަދު :1
މަޤާމް :ޓެކްސް އޮފިސަރ (ޓްރޭނީ) (އޮފިސަރ، AOT) ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ (އޮފިސަރ، SO1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް ސެކްޝަން / ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

އިންޓަރނޭޝަނަލް ޓެކްސޭޝަން ސެކްޝަން / ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 150/- ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 100/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

  1. ޓެކުހާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މީރާގެ އާމްދަނީގެ ތަފާސް ހިސާބު ދިރާސާކޮށް ބެލެހެއްޓުން
  2. ޓެކްސް މުއާހަދާތައް ތައްޔާރުކުރުމާއި ދިވެހިރާއްޖެއިން ބޭރުގެ ޓެކްސް އިދާރާތަކާއި ޓެކުހާގުޅޭ ޖަމްޢިއްޔާ އަދި ޖަމާޢަތްތަކާއެކު މުޢާމަލާތްކުރުމާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތްކުރުން

ޝަރުޠު:

ސްޓެޓިސްޓިކްސް ނުވަތަ އެކައުންޓިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ (އޮފިސަރ، SO1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް / ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

މަހަކު 7,000/- ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 150/- ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް125/- ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 100/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 65/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާ އާއި ޓެކްސްތައް އިސްތިހާރުކުރުމަށް ރޯޑްޝޯވ، އެޑިއުކޭޝަނަލް ފެއަރ ފަދަ އެޑިއުކޭޝަނަލް އެވެއަރނަސް ޕްރޮގްރާމްތައް ރާވައި ހިންގުމާއި މައުލޫމާތު ފޯރުވައިދިނުމަށް ބޭނުންވާ ގްރެފިކްސް، ވީޑިއޯ، އޯޑިއޯ، ފްލަޔަރ، ޕޯސްޓަރ އަދި ބެނަރ ފަދަ މެޓީރިއަލް ޑިޒައިންކުރުމާއި ތައްޔާރު ކުރުމާއި މީޑިއާ މެދުވެރިކޮށް އާންމުންނާއި ޓެކްސް ދައްކާ ފަރާތްތައް ޓެކްސްތަކަށް އަހުލުވެރިކުރުމަށް މީޑިއާ ޕްރޮގްރާމްތައް ރާވައި ހިންގުން.

ޝަރުޠު:

މާކެޓިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނިންމާފައިވުން

(ކޮރަލްޑްރޯ، ފޮޓޯޝޮޕް / އިލަސްޓްރޭޓަރ / ޕްރިމިއަރ / އާފްޓަރ އިފެކްޓްސް ފަދަ ޑިޒައިނިންގ ސޮފްޓްވެއަރތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަގާމު:

ޓެކްސް އޮފިސަރ (ޓްރޭނީ) (އޮފިސަރ، AOT)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕޮލިސީ، ޕްލޭނިންގ އެންޑް ސްޓެޓިސްޓިކްސް

އަސާސީ މުސާރަ:

މަހަކު -/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 100/- ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 100/- ރުފިޔާގެ ރޭޓުން

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 75/- ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް 45/- ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކުހާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މީރާގެ އާމްދަނީގެ ތަފާސް ހިސާބު ދިރާސާކޮށް ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް

ޝަރުޠު:

އޭލެވެލް 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މިފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) 

 

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިގުރާރުވުން.

 

މިމަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

 

 

 

ނޯޓް:

-          މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-          މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 އެޕްރީލް 2018 ގެ 17:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

17 ރަޖަބު 1439

03 އެޕްރީލް 2018

 

03 އޭޕްރިލް 2018